އަންޔާ ޓޭލާ ޖޯ ވަނީ ކުއީންސް ގޭމްބިޓްގައި އޭނާ ކުޅެފައިވާ ރޯލުން އެންމެ މަގްބޫލުު ފިލްމީ ތަރިއަކަށް ހޮވި ގޯލްޑެން ގްލޯބްސް އެވޯޑު ލިބިފައެވެ.

ހަތް އެޕިސޯޑްގެ މި ސީރީޒްގައި 24 އަހަރުގެ ޓޭލާާ ޖޯ ކުޅެފައިވަނީ ބެތް ހާމަންގެ ރޯލެވެ. އެ ރޯލުގައި އެމެރިކާގައި ހުންނަ އެންމެ ވަރުގަދަ އެއް ރާޒުވާ ކުޅުން ތެރިޔަކަށް އޭނާ ވެގެންދެއެވެ.

އެވާޑް ގަބޫލުކޮށް ޓޭލާ ޖޯ ބުނީ "ނެޓްފްލިކްސް އަދި ހޮލީވުޑް ފޮރެއިން ޕްރެސް އެސޯސިއޭޝަނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މި ޝޯ އިން ފުރުސަތު ދިނުމުން އެކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެންނަށް މި ޝޯ ފެނުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން ބުނީ މި ޕްރޮޖެކްޓުގެ ސަބަބުން ވަރަށް ބައިވަރު އެއްޗެހި ތަކެއް ދަސްވިކަމަށެވެ. އެއާއެކު ޝޯ ބެލި އެންމެންނަށް ޓޭލާ ޖޯ ޝުކުރު އަދާ ކުރިއެވެ.

ނެޓްފްލިކްސް އިން ބެލޭ މި ރާޒުވާ ޝޯ ވަނީ މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފައެވެ. ނެޓްފްލިކްސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުއީންސް ގޭމްބިޓް ނެރުނު ފުރަތަމަ 28 ދުވަހުގެ ތެރޭގައި 62 މިލިއަން މީހުން މި ޝޯ ބެލި ކަމަށެވެ.

ޓޭލާ ޖޯ ބުނެފައި ވަނީ މި ސީރީޒްގެ ދެ ވަނަ ބައެއް ކުޅެން އޭނާ ތައްޔާރު ކަމަށެވެ.

ރާޒުވާ ކުޅޭނެ ގޮތް ބެލުމަށް ގޫގްލް ސާޗް ކުރާ މީހުންގެ އަދަދު ވޭތުވެދިޔަ ނުވަ އަހަރު ތެރޭގައި ނުވާހާ ގިނަ ވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު