ރަމަޟާން މަހަކީ ވަރަށްވެސް މަތިވެރި މައްސަރަކެވެ. އެއީ އެ މަހުގައި ހެޔޮކަމުން ފުރިގެންވާ ރެއެއްކަމުގައިވާ ލައިލަތުލް ގަދުރި ވިލޭރޭ ހިމެނުމާއި އެކު އެމަހުގައި ޤުރުއާން ބާއްވައިލެއްވުމާއި އެނޫންވެސް އެތަކެއް ސަބަބުތަކަށްޓަކައެވެ. ރަމަޟާން މަހަކީ ކެތްތެރިކަމުގެ މައްސަރަކެވެ. އެއީ އެމަހަކީ މުސްލިމުން ރޯދައަށް ނުވަތަ ފަޖުރުގެ އަލިކަން ފާޅުވީއްސުރެއް އިރުއޮއްސުމަށް ދާންދެން ކެއިން ބުއިމާއި އެނޫންވެސްވެސް ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވެ ތިބޭ މައްސަރަކަށް ވުމުންވެ.

ރަމަޟާން މަހަކީ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ މައްސަރެވެ. އެހެންކަމުން ރަމަޞާން މަހާއި ދިމާކޮށް އަނެކުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެތަކެއް ބައެއް އެބައުޅެއެވެ.

އެގޮތުން އިންޑިއާގެ ނިއު ދިއްލިއަށް އުފަން އޮޓޯ ޑްރައިވަރެއް ކަމުގައިވާ އުމުރުން 34 އަހަރު ޕަރަހަލަޑް އަކީ ފާހަގަކޮށްލެވޭ މީހެކެވެ. ޕަރަހަލަށް ވަނީ މުސްލިމުންނަށް ހިލޭ އޭނާގެ އޯޓޯގައި ދަތުރުކުރެވޭނެ ކަން އިއުލާންކޮށްފައެވެ. އަދި އެކަން އިއުލާންކޮށް އޭނާ ވަނީ ލިޔުމެއް އޮޓޯގެ އަރިމަތީގައި ހިއްޕާފައެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ޕަރަހަލަޑް ބުނީ އޭނާ މުސްލިމުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތަށް ނިންމީ ރޯދަމަހާއި ދިމާކޮށް އާދަޔާ ހިލާފަށް އިންޑިއާގެ ބައެއް ސަހަރައްދު ތަކުގައި ހޫނުވުމާއި އެކަމަކީ އިންސާނިއްޔަތަށް ކޮށްދެވޭ ހިތުމަތަކަށް ވާތީ ކަމުގައެވެ.

އަދި އެއްވެސް ފީ އަކާއި ނުލާ މުސްލިމުންނަށް ދަތުރު ކޮށްދިނުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު މުސާރައެއް ލިބުމަށް ވުރެއްވެސް ހިތްހަމަ ޖެހޭ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ﷲ ކަލެއަށް ހުރިހާކަމެއްގައިވެސް ކުރިއެރުން ދެއްވާފާދޭވެ ! އާމީން !

    • ވޭލްޝާރކް

      އާމީން

    • މީ

      امين