މީސްމީޑިއާ އަކީ ވަރަށް ތަފާތު ތަނެކެވެ. ކިތަންމެ ހީނުކުރާ ކަމަކަށް ވެސް ކިތަންމެ ބޮޑު ސަމާލު ކަމެއް ލިބިދާނެއެވެ. މީހުންގެ ޝައުގުވެރިކަން ދަމައިގަތުމުގެ ފޯމިއުލާއަކީ އެއްވެސް ތަނަކު ލިޔެވިފައިވާ އެއްޗެއް ނޫނެވެ. މިހާރު މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެންމެ ގިނައިން ދައުރުވާ ވީޑިއޯ އަކީ ބުޅަލެއްގެ މިއުޒކް ވީޑިއޯއެެކެވެ.

މިއީ ބުޅަލެއް ފެންނަހެން މިއުޒިކް ކޮމްޕޯޒް ކުރާ ވީޑިއޯއެެެކެވެ. މި ވީޑިއޯ ޝޫޓްކޮށްފައިވާ ގޮތުން ހީވަނީ މިއުޒިކް ހަދާފައި ވަނީ އެ ބުޅާ ހެންނެވެ. ބަލާބެލުމަށް މި ވީޑިއޯގައި މަޖާ ގޮތެއް ވެސް ހުރެއެވެ. ބުޅަލަކީ އޭގެ ޒާތުގައި ވެސް ގިނަ ބަޔަކަށް ވަރަކަށް ކަމުދާ އެއްޗެކެވެ. އަދި ބުޅާ ގެންްގުޅުމަކީ އެންޒައިޓީ އާއި ޑިޕްރެޝަން ހުންނަ މީހުންނަށް ވެސް އެހީތެރިވެދޭ ކަމެއްކަން ދިރާސާތަކުން އެނގެއެވެ. އެެހެން ކަމަށް ވާއިރު ވީޑިއޯ އިން ގިނަ ބަޔަކަށް ކުރެވުނީ ވަރަށް ފައްސި އިހުސާސްތަކެކެވެ.

މި ވީޑިއޯ އިން ފެންނަ ބުޅަލުގެ ނަމަކީ މިސްޓަ ޕެޓާސޮންއެވެ. މިއީ ސުޕަމެސިވް ކިޔާ މިއުޒިކް ގްރޫޕެއް ހިންގާ އެޑްގާ އަދި ސައިމޮންގެ ބުޅަލެވެ. މި ވީޑިއޯ ހަދާފައި ވަނީ ވެސް އެ ދެ މީހުންނެވެ. ވީޑިއޯ އިން ފެންނަނީ "މިއާއު ސާމްޕްލްސް" މިހެން ޖަހައިގެން ބުޅާ މިއުޒިކް އަށް އަޑުތައް ހޯދާ މަންޒަރެވެ.

މި ވީޑީއޯ އަށް 2.8 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. މި ފަދަ އިތުރު ވީޑިއޯތައް އުފައްދަން ވެސް ފޭނުން ވަނީ އެދިފައެވެ. މި ވީޑިއޯ އިން ފެންނަ މިއުޒިކްއަކީ ސުޕަމެސިވްގެ އުފެއްދުމެކެވެ. ސުޕަޕެސިވް އަކީ މިއުޒިކް އުފައްދާ ބައެކެވެ. މި ވީޑިއޯ އިން އެކި އިންސްޓްރޫމެންޓްތަކުން ބުޅާ މިއުޒިކް ސާމްޕަލްތައް ކުޅޭ މަންޒަފުވެސް ފެނެއެވެ. ސުޕަމެސިވްގެ ވީޑިއޯތަކާއި މުއިޒިކްތަކަކީ މަޖާ ތަފާތު ވީޑިއޯތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަބޭ

    ﷲގެ ކުޅަދުންވަންތަކަމާ.