އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައެވެ.

މޯދީ ވެކްސިން ޖެހިކަން ހާމަކުރީ މޯދީގެ އަމިއްލަ ޓުވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މޯދީ ވަނީ ވެކްސިން އުފެއްދުމުގައި ސައިންސްވެރިންނާއި ޑޮކްޓަރުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް އިންޑިއާގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުން ބޮޑުވަޒީރު މޯދީ ޖެހީ ބާރަތް ބަޔޯޓެކްސްގެ ކޯވެކްސިންއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އިން ބުނާ ގޮތުން މޯދީ ވަނީ ވެކްސިން ޖެހުމުގެ މަސައްކަތް ކުރި ނަރުހުންނާ ވާހަކަ ދައްކައިފައެވެ. މޯދީގެ ގަޔަށް ވެކްސިން ޖަހަން އުޅުނު ނަރުހަކު އެ ނޫހަށް މައުލޫމާތު ދެމުން ބުނީ ވެކްސިން ޖެހި އިރު އެއްވެސް ކަމެއް ވީހެން ވެސް ހީ ނުވާ ކަން މޯދީ ފާހަގަކޮށްފައިވާ ކަމަށެވެ.

"އެހި އަހަރުމެންނަކީ ކޮންތާކު ބައެއްތޯ. ދެން އެހި ނިމުނީހޭ ވެކްސިން ޖަހާ. ހީވެސް ނުވެއޭ ވެކްސިން ޖެހި ކަމެއް." އެ ނަރުސް މީހާ ބުންޏެވެ.

އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ކަންކަން އެ ގައުމުގެ ސިއްހީ ހިދުމަތްތެރިން ކުރަމުންދާއިރު 60 އަހަރުން މަތީގެ މީހުންނާއި 45 އަހަރުން މަތީގެ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އިންޑިއާގެ ހޮސްޕިޓަލްތަކުން ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެ ގައުމުގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން ދަނީ ވަކި އަގެއް ނަގައިގެން ވެކްސިން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަނީ

    ތިބާނީ ޕެޑް ކަމައް ޖެހީ. ހީވެސް ނުވޭ 💃

  2. ފުތާބެއްޔާ

    މޯޑީ އަނެއްކާ "އައިސް ސޮފުޓު" ތަ ތިޖެހީ. ޑޯޒު ހަމަކުރަށްޗޭ ކޮވިޑު ފައިބެ ހުސްވަންދެން.

  3. ކިޔު

    ތީ ހަމަ އައިސޮފްޓުގެ މޮޅުކަން