ބޮލީވުޑްގެ ފިލްމީތަރި އައިޝްވާރިޔާ ރާއި ބައްޗަން އާއި ވައްތަރު ކަމަށް މީސްމީޑިޔާގައި މަގުބޫލުކަން ހޯދަމުންދާ އަމްނާ އިމްރާން މަސައްކަތް ކުރަނީ އެމެރިކާގައި ކަމަށް އޭނާ ބުނެފި އެވެ.

 

View this post on Instagram

 

A post shared by Aamna Imran 🌹 (@aamna_imrann)

އައިޝްވާރިޔާ ކުޅެފައިވާ ފިލްމުތަކާއި ލަވަތަކަށް ނަށައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އަމްނާގެ އިންސްޓަގްރާމް ފޮލޯވާސްގެ ޢަދަދު ހަފްތާއެއްގެ ތެރޭގައި ވަނީ 2،000 އިން 18،000 އަށް އިތުރުވެފަ އެވެ. އައިޝްވާރިޔާގެ ލޮލާއި އަމްނާގެ ލޯވެސް ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަމްނާ އާއި އައިޝްވާރިޔާ އާއި އާއިލީ ގޮތުން ގުޅިފައި ވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އަމްނާ ބުނީ އޭނާގެ ބައްޕަ އަކީ ޕާކިސްތާނު މީހެއް ކަމަށާއި ބައްޕަގެ އާއިލާ މީހުންނަކީ އިންޑިޔާ މީހުން ކަމަށެވެ. އަދި އޭނާގެ މަންމަ އާއި މަންމަގެ އާއިލާ މީހުންނަކީ އަފްޢާނިސްތާނު މީހުން ކަމަށް އަމްނާ ވަނީ ބުނެފަ އެވެ.

އަމްނާ ބުނީ އޭނާ މަސައްކަތް ކުރަނީ އެމެރިކާގައި ސިއްހީ ތަޖުރިބާކާރެއްގެ ގޮތުގައި ކަމަށެވެ. އާއިލާގެ ތިން މީހަކުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ކަމަށް އަމްނާ ބުނެފައިވާއިރު އޭނާ ބުނީ ދަތުރުކުރުމަށާއި އެކި ކަހަލަ ކެއުންތައް ކެއުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

ކުރީގެ މިސް ވޮލްޑް އައިޝްވާރިޔާ އާއި އަމްނާ ވައްތަރު ކަމަށް މީހުން ބުނަމުން ދާތީ އެއީ އާ ވާހަކައެއް ނޫންކަމަށް އަމްނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ކުޑައިރުއްސުރެ ވަރަށް ގިނަ މީހުން އޭނާ ވައްތަރީ އައިޝްވާރިޔާ އައި ކަމަށް ބުނާ ކަމަށެވެ.