ބްރެޒިލް އަށް ނިސްބަތްވާާް ޖޭސަންް ލުއިޒް ދި ސިލްވާާ އަކީ ކުޑަ އިރުންސުރެ ވެސް ވެމްޕަޔާ އެކޭ އެއްގޮތަށް ބަދަލުވާން ބޭނުންވާ މީހެކެވެ.

ވެމްޕަޔާ ޑައިރީސްގައި އުޅޭ ޑޭމަން އަށް ސަޕޯޓު ކުރާ މީހެއްގެ ގޮތުން ވެމްޕަޔާ އަށް ޝައުގުވެރިވެ 18 އަހަރުގައި މީހާގެ ސިފަ ބަދަލު ކުރުމުގެ ގޮތުން ޓެޓޫ ޖަހައި މީހާގެ ސިފަ ބަދަލު ކުރަން ފެށިއެވެ. މިހާރު އުމުރުން 25 އަހަރު ވެފައިވާއިރު، މިހާރު އޭނާ ވަނީ ދޫ އެއްކޮށް ކަޅު ކުރުމަށް ޓެޓޫކޮށް ދޫ ދެފަޅިކޮށްފައެވެ. އޭގެ އިތުރުން އޭނާގެ ދަތްތައް ވެސް ވަނީ ވެމްޕަޔާ އަކާއި އެއްގޮތަށް ބަދަލުކޮށްފައެވެ. އަދި ލޯ ވެސް އެއްކޮށް ކަޅު ކުރުމަށް ޓެޓޫ ކޮށްފައިވެއެވެ.

މި ގެނެސްފައިވާ ބަދަލަށް ބަލާއިރުާ ޖޭސަން އެންމެ ހިތްހަމަ ޖެހެނީ ލޮލަށް ގެނެވިފައިވާ ބަދަލާއި މެދުގައެވެ. އޭނާ ބުނެފައިވަނީ ކޮންމެ ދުވަހަކު ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްްލަ ސޫރަ އަށް ބަލައ،ި އެހާބޮޑު ބަދަލެއް އޭނާ އަށް ގެނެވިފައިވާ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އަދި އަބަދުވެސް ހުންނަން ބޭނުންވި ގޮތަށް މީހާ ބަދަލު ކޮށްލެވުމުން އުފާވާ ކަމަށް ޖޭސަން ބުންޏެވެ.

މި ބަދަލު ގެނައުމަށް 1،000 ޑޮލަރު ހޭދަ ކުރިއެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ގޮތުން ރަހުމަތްތެރިން މެދުވެރިކޮށް ބައެއް ކަންތައްތަައް ކޮށްފައި ވާ ކަމަށް ޖޭސަން ބުންޏެވެ.

މީހާ އަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން މީހުންގެ ފާޑު ކިޔުންތައް ރައްދުވީ ނަަމަވެސް އާއިލާގެ ސަޕޯޓު ލިބޭ ކަމަށް ޖޭސަން ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުރފ

    މީގެ ކިތައް މީހުންގެ ވާހަކަ ސްނެޕްގަ ކޮންމެ ދުހުކުހެން އޮވޭ
    ކަލޯމެނޭ މިއީ އާ ކަމެއްނޫން

    12
  2. ސަހާދަތް

    މަ ހުވާ ހަމަ ބޯހަލާކު ސަލާދަތް....ޕިސް ޕިސް

    7
    1
  3. ައަހުމަދު

    މޮޔައިން ކުރާކަންތައްތީ މާތްﷲ ދެއްވި ސިކުނޑި ފުރިހަމަގޮތުގައި ބެނުންކުރާމީހަކު ތިކަހަލަ މޮޔަކަމެއްނުކުރާނެ.

    12