ސްޕޭސް ހޮޓަލެއް ހުޅުވަން ތައްޔާރުވަމުންދާ ކަން ހާމަކޮށްފިއެވެ.

މި ހޮޓަލަށް ވަނީ ވެޔޯގާ ސްޕޭސް ސްޓޭޝަންގެ ނަމުން ނަން ދެވިފައެވެ. މިއީ 400 މީހުންގެ ޖާގައިގެ ހޮޓަލަކަށް ވާއިރު ދުނިޔޭގެ އެންމެ ފުރަތަމަ ސްޕޭސް ހޮޓަލަށް ވެގެންދާނެއެވެ. ހޮޓަާ ފަރުމާ ކޮށްފައިވަނީ ކޮޓަރިތަކާއި އެކު ސިނެމާ އެއް އަދި ސްޕާ އަކާއި އެކުއެެވެ.

އޯބިޓަލް އެސެމްބްލީ ކޯޕަރޭޝަން (އޯއޭސީ) އިން ބުނެފައި ވަނީ މި ހޮޓާ އެޅުމުގެ މަސައްކަތް 2025 ވަނަ އަހަރު ފަށާނެ ކަމަށެވެ. އަދި 2027 ވަނަ އަހަރު މަސައްކަތް ނިންމާ ހޮޓާ ހުޅުވޭނެ ކަމަށް ބުނެފައި ވެއެވެ.

މި ސްޓޭޝަން ސިފަކޮށްފައި ވަނީ އެނބުރޭ ގޮތަށް ފަރުމާ ކޮށްފައިވާ ސްޓޭޝަނެއްގެ ގޮތުގައެވެ.

ސްޓޭޝަނުގައި ފުރަތަމަ ހުރުން ހަމަ ޖެހިފައިވަނީ ނޭޝަނަލް ސްޕޭސް އެޖެންސީ މީހުން ގްރެވިޓީ ދިރާސާ ކުރުމަށާއި ސްޕޭސް ހޮޓަލެއްގައި ވަގުތު ހޭދަ ކޮށްލަން ބޭނުންވާ ފަތުރުވެރިންނަށެވެ.

ހޮޓާ ފަރުމާ ކުރުމުގައި އެތެރޭ ބަޔަކާއި ބޭރު ބައެއް ވާއިރު އެތެރެ ބައިގާ ޑޮކް ހުންނާނެއެވެ. އަދި ބޭރު ބައިގައި ހުންނާނީ ސޯލާ ޕެނަލްސް، ރޭޑިއޭޓާސް އަދި ރެއިލް ޓްރާންޕޯޓް ސިސްޓަމެކެވެ.

ސްޕޭސް.ކޮމް ގައި ބުނާގޮތުންނަމަ ކުރިޔަށް މި އޮތް ޕްރޮޖެކްޓުގެ މަސައްކަތް ފެށިގެން ދިޔައީ 2012 ވަނަ އަހަރު ގޭޓްވޭ ފައުންޑޭޝަން ފެށިގެން ދިޔުމާއި އެކުއެވެ. މި ފައުންޑޭޝަނަކީ ފުރަތަމަ ސްޕޭސް ޕޯޓް އެއް އެޅުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

މިހާތަނަށް މަސައްކަތް ކުރެވޭ އެންމެ ބޮޑު ސްޕޭސް ޕްރޮޖެކްޓަކަށް ވޮޔޭގާ ކްލާސް ގެ މަސައްކަތް ވެގެން ދާނެއެެވެ. މިހާރު ދަނީ ކުޅަދާނަ ކްރޫ މެމްބަރުން މި ޕްރޮޖެކްޓް މަސައްކަތަށް ނަގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެސްޓްރޯފައިލް

    ފިކްޝަނަލް ސްޕޭސް ސްޓޭޝަންސް ބިކަމިންގް އަ ރިއަލިޓީ.. މީ އަސްލު 2001:އަ ސްޕޭސް އޮޑިސޭ ފިލްމުގެ Space Station V ސްޓޭޝަނުންް އެމީހުންނަށް ލިބުނު ހިޔާލެއް.