ބޮލީވުޑް އަދި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ސަމާލުކަން ހޯދުމާއި މިއީ ވަކި ނުކުރެވޭނެ ދެ ކަމެވެ. އޭނާ ހެދުން އަޅާ ގޮތާއި، މޭކަޕް ކުރުމާއި، ދިރިއުޅުމުގެ ނިންމުންތަކުން ފެށިގެން އެކްޓިން އާއި ވާހަކަދެއްުމުގެ ސްޓައިލަށް ބެލިއަސް ހައްތަހާވެސް މީހުންގެ ސަމާލުން ދަމައިގަންނަ ކަންކަމެވެ. ބައެއް ފަހަރު އެ ސަމާލުކަން ލިބެނީ ރަނގަޅު ކަންކަމުންނެވެ. ބައެއް ފަހަރު އެ ފާޑުކިޔުންތަކަކީ އޭނާ ކުރާ ކަންކަމާއި މެދު ހިތްހަމަ ނުޖެހިގެން ހޫނު ފެނަށް ވެއްޓިގެންދާ ފަހަރުފަހަރެވެ.

މި ފަހަރުވެސް މިއޮތީ މީސްމީޑިއާގެ ސަމާލުކަން ޕްރިޔަންކާ އަށް ހުއްޓިފައެވެ. ދުނިޔޭގެ ރީތީގެ ރާނީގެ މަޤާމުވެސް ހޯދާފައިވާ ޕްްރިޔަންކާ އަކީ ތަފާތު ފެޝަންގެ ތަފާތު ރަހަތައް ތަޖުރިބާ ކުރުމުގައި ފަސް ޖެހޭ ފަންނާނެއް ނޫންކަން އޭނާގެ ފޭނުންނާއި މީޑިއާ އަށް ވެސް އެނގެއެވެ. ޚާއްސަކޮށް އާއްމުކޮށް ނުފެންނަ ކަހަލަ ހެދުންތައް އެޅުމުގައި ވެސް ޕްރިޔަންކާ އަކީ ފާހަގަކޮށްލެވޭ ނަމެކެވެ.

އޭނާ އެކި ހަފްލާތަކާއި އެވަރޑްތަކަށް ހެދުން އަޅާގޮތުން އޭނާގެ ފޮޓޯ އަށް ޖޯކު ޖެހުންވެސް އޮންނަނީ އާއްމުކަމަކަށް ވެފައެވެ.

ޕްރޮމޯޝަނަލް އިވެންޓަކަށް ޕްރިޔަންކާ ޚާއްސަ ކުރި ހެދުން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ޖޯކަކަށެވެ. ގަދަ ފެހިކުލައިގެ އެ ހެދުމުގައި ހުރީ ކަޅު ތިކި ތަކެއް ޖަހާފައެވެ. ބަލާބެލުމަށް ހެދުމަކަށް ވުރެ ބޮޑަށް އެ ވައްތަރީ ފުއްޕާ ހަމަކާއިއެވެ. އެ ހެދުމުގެ ފޮޓޯ ހިއްސާކުރުމާއި އެކު އޭގެ މީމްތައް މީސްމީޑިއާގައި ދައުރުވާން ފެށިއެވެ. (މީމް އަކީ ފޮޓޯ އެއް ނޫނީ ވީޑިއޯ އެއް ބޭނުންކޮށްގެން ހަދާފައި ހުންނަ މަޖާ މެސެޖުތަކާއި ލިޔުންކޮޅުތަކެވެ.)

 

ބައެއް މީމްތަކުން ފެންނަނީ ޕްރިޔަންކާ ޕޮކެމޮން އަކަށް ހަދާފައިވާ ތަނެވެ. ބައެއް މީމްތަކުން އޭނާ ޕެރަޝޫޓެއްގެ ގޮތުގައި ފެންނަ އިރު އޭނާ ކްރިކެޓް ބޯޅައަަށް ހަދާފައިވާ މީމްތަކާއި އޭނާ ލޮލީ ޕޮޕަަކަށް ހަދާފައި އާއި ބޮތްކަކަށް ހަދާފައި ހުރި ފޮޓޯތައް ވެސް އެބަހުއްޓެވެ. ޕްރިޔަންކާ އަށް މަލާމާތް ކުރި މީހުންގެ ވާހަކަ އަށް އޭނާ މާބޮޑު ރައްދެއް ދީފައެއް ނުވެއެވެ؛. އޭގެ ބަދަލުގައި އޭނާ ވަނީ އެންމެ މަޖާކަމަށް އޭނާ އަށް ފެނުނު މީމްތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ޕްރިަންކާ އަކީ އޭނާ އަށް ފާޑުކިޔާ މީހުންނަށް މާބޮޑު ރައްދެއް ދޭ މީހެއް ނޫނެވެ. ޚާއްސަކޮށް މަޖަލަށް ކުރާ ކަންކަމާއި މެދު މާބޮޑަށް ހާސް ނުވާ ކަމަށް އޭނާ އަބަދުވެސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ދެން ފެންނާނީ ސުނިޔަންކާ ތީގެ ފުއްޕާހަމަކަށް އެރިގެން އުޅޭތަން

    12
    2
  2. ހުސޭނުބޭ

    އެންމެ ފަހުން މާސްއަށް ފޮނުވި އުލަނދުތަ ތި ފެންނަނީ!

    12
    • ކިޔާ

      ހައްހައްހާ..