އެމެރިކާގެ އަސްކަރީ މަރުކަޒަކުން ސިފައިންގެ މީހަކު ހުއްދަ އާއި ނުލައި ޓޭންކަރެއް ނަގައިގެން ފިލަން މަސައްކަތްކޮށްފިއެވެ.
އެމެރިކާގެ ވާޖިނިއާގެ ފުލުހުން ވަނީ އެ ސްޓޭޓްގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓޭންކަރެއް އަތުލުމަށް އެ ޓޭންކަރު ފަހަތުން ގިނަ އިރުތަކެއް ވަންދެން ދުއްވާފައެވެ. މި ހާދިސާއާއި ގުޅިގެން ބައެއް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މިއީ އަސްކަރީ ބަގާވާތެއް ކަމަށް އޮފިޝަލުން ބުނަމުން ދިޔައެވެ. އޮފިޝަލުން ބުނީ، އެމީހާ މަސައްކަތްކޮށްފައިވަނީ ޓޭންކަރު ވަގަށް ނެގުމަށް ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ފެންނަނީ އެމެރިކާގެ ހައިވޭއެއްގެ މަތިން، ޓޭންކަރު ބާރު ސްޕީޑުގައި ދުއްވާފައިދާ މަންޒަރެވެ. އަދި ޓޭންކްގެ ފަހަތުން ފުލުހުންގެ ވެހިކަލްތަކެއްވެސް ދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
WATCH: Police chase a stolen tank-like vehicle in Richmond, VA pic.twitter.com/C6Fo8ldSFn
— Joel Franco (@OfficialJoelF) June 6, 2018
މިދިޔަ ހޯމަ ދުވަހު ހިންގި މިހާދިސާގައި ވަގަށް ނަގަން މައްސަކަތް ކުރީ ވާޖީނިއާގެ ނޭޝަނަލް ގާޑްގެ އަސްކަރީ އުޅަނދެކެވެ. މި ޓޭންކަރު ވަގަށް ނެގުމަށް ފަހު ވަނީ ގަނޑިއަކު 40 މޭލު ބާރުމިނުގައި ވާޖިނީއާގެ މަގުތަކުގައި ދުއްވާފައެވެ. އެހެނަސް އެއްވެސް މީހަކަށް ނުވަތަ ތަނަކަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބުނުކަމެއް އޮފިޝަލުން ނުބުނެއެވެ.
A soldier in Virginia drives a armored tank off the base and goes off road with it. #LivePDNation #LivePD pic.twitter.com/SMDGJZasuU
— #OPNation (@OnPatrolNation) June 6, 2018
ގިނަ މަސައްކަތްތަކަށް ފަހު ފުލުހުން ވަނީ ޓޭންކަރު އަތުލައިގަނެ ދުއްވަން ހުރި ސިފައިންގެ މީހާ ހައްޔަރު ކޮށްފައެވެ. މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އެ ސިފައިންގެ މީހާ އާއި ދެކޮޅަށް ދަޢުވާކުރުމަށް ވަނި ނިންމާފައެވެ. މި މައްސަލަ އާއި ގުޅިގެން އެމީހާ ދިގު މުއްދަތަކަށް ޖަލަށް ލާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޓޭންކަރެއް ނޫން. ޓޭންކް.