އަށް އަހަރުގެ ޖޯސެފް ޑީން އަކީ އެންމެ ކުޑަ ޕްރޮފެޝިއަަނަލް ފޯޓްނައިޓް ކުޅުންތެރިޔާއެވެ.

ޖޯސެފްއަށް އަށް އަހަރު ވީ އިރުގައި ޕްރޮފެޝިއަނަލް ކޮށް ގޭމް ކުޅޭ މީހަކަށް ވުމަށް ކޮންޓްރެކްޓްގައި ސޮއި ކުރިއެވެ. ފޯޓްނައިޓް ކުޅެގެން ފައިސާ ލިބޭ އެންމެ ކުޑަ ކުއްޖެއްގެ މަގާމު ވަނީ ޖޯސެފް އަށް ލިބިފައެވެ.

ކެލިފޯނިއާ އީސްޕޯޓްސް ޓީމް އިން ޖޯސެފް އަށްް ހެޑްކުއާޓާ އިން ދައުވަތު ދީފައިވަނީ 33،000 ޑޮލަރާއި ކޮމްޕިއުޓަރ ސިސްޓަމެއް ދިނުމަށެވެ.

ފޯޓްނައިޓަކީ ސަތޭކަ މިލިއަން މީހުން ކުޅެމުން އަންނަ ބަޑި ޖަހާ ގޭމެކެވެ. ބީބީސީ އަށް ޖޯސެފް ބުނެފައިވަނީ އޮފާ ކޮންޓްރެކްޓް ލިބުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ. މީގެ ކުރިންވެސް އޭނާ ޕްރޮފެސިއަނަލް ކޮށް ގޭމު ކުޅޭ މީހަކަށް ވާން ބޭނުން ވިޔަސް ޓީމް 33ގެ ކުރިން އެކަމަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދިންކަމަށް ޖޯސެފް ބުންޏެވެ.

ކެލިފޯނިއާ އަށް ނިސަބަތްވާ ޖޯސެފް އޭނާގެ އުމުރުން ހަތަރު އަހަރުން ފެށިގެން ފޯޓްނައިޓް ގޭމު ކުޅެއެވެ. އެހެން ނަމަވެސް އީސްޕޯޓްސް ޓީމަށް ޖޯސެފް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވުނީ މީގެ 18 މަސް ކުރިންނެވެ. ޓީމް 33ގެ ކޯފައުންޑާ ބުނެފައިވަނީ ޖޯސެފް އާއި އެއްކޮށް ގޭމް ކުޅުނު ޓީމް33ގެ މީހަކު ޖޯސެފް ވަރަށް މޮޅު ކަމަށް ބުނެ އޭނާ ޓީމް33 ގެ މެމްބަރަކަށް ހެދުމަަށް ބުނިކަމަށެވެ.

އީސްޕޯޓްސް އާނިންގް ވެބްސައިޓުގައި ބުނެފައިވާގޮތުންނަމަ އެންމެ މަތިން ހޯދާފައީވާ 10 މީހުންގެ ތެރޭގައި 18 ވެފައި ތިބީ އެންމެ ދެ ކުޅުންތެރިންނަށެވެ.

ވޯލްޑް މޭޖާ އޭޖް ސާޓިފިކޭޝަން ބޮޑީސްގައި ބުނާގޮތުންނަމަ ޖޯސެފް އަކީ ފޯޓްނައިޓް ކުޅެން މާ ކުޑަ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު