އިންޑިއާގައި ކައިވެނީގެ ހަފްލާ ބޭއްވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އަންހެން މީހާ މި ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.

އަޑައިޔާރްގައި މެންދުރު ބޭއްވި އެ ކައިވެނީގެ ހަފްލާއަށްފަހު އެރޭ 2:45 ހާއިރު އުމުރުން 23 އަހަރުގެ ލައިލާ އާފިޔާ މަރުވިއިރު، މުޅި އާއިލާ މިހާރު އެ ތިބީ ހިތާމައިގައެވެ.

ލައިލާއަކީ ގްރޭޑް 12 އާ ހަމައަށް ކިޔަވާފައިވާ ކުއްޖެެކެވެ. އޭނާ ކައިވެނިކޮށްފައި ވަނީ މަބްރޫކް ނަމަކަށް ކިޔާ މީހަކާއެެވެ.

އާދީއްތަ ދުވަހު ކުރިއަށްދިޔަ އެ ކައިވެނީގެ ހަފްލާގައި ލައިލާގެ ބޭބެވެސް ކައިވެނި ކުރިއެވެ. އަދި އެ ހަފްލާއަށް 100 އަށްވުރެ ގިނަ ގެސްޓުންވެސް އައެވެ. ދެ އާއިލާގެ ބައިވެރިވުމާއި ރަހުމަތްތެރިންނާއެކު އެ ހަފްލާ ކުރިއަށްދިޔައިރު، އެ ކަންކަން ކުރިއަށް ދިޔައީ ވަރަށް އުފާވެރިކޮށެވެ.

އަދި ހުރިހާ ކަމެއް ނިންމާ، ލައިލާ ވެސް ގެއަށް ދިޔަ ފަހުން އެރޭ 2:45 ހާއިރު އޭނާ އުޅުނީ މޭގައި ރިއްސާތީއެވެ. އަދި އޭނާ އެގޮތަށް އުޅެފައި ކުއްލިއަކަށް އޭނާ ބިންމައްޗަށް ވެއްޓުނެވެ.

ވަގުތުން އޭނާގެ ބައްޕަ އޭނާ ގޮވައިގެން ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންދިޔައެވެ.

"އޭނާ ވަގުތުން މަރުވި، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު،ޑޮކްޓަރުން ބަލާފައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބުނި

ލައިލާގެ ހަށިގަނޑު މިހާރު ވަނީ މިސްކިތެއްގައި ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހުސޭނު

  މަރާލަވެސްފާނެ. އިންޑިޔާއަކަށް އިތުބާރެއް ނުކުރެވޭނެ

  14
 2. މުފައްކިރު

  އަދި އެ ހަފްލާއަށް 100 އަށްވުރެ ގިނަ ގެސްޓުންވެސް އައެވެ.

  " މެހުމާން " މިއީ ރީތި ދިވެހި ބަހަކަށް ވާއިރު ގެސްޓުން މިބަސް ބޭނުން ކުރުމުގެ ބޭނުމެއް އެބައޮތްތޯ؟

  24