ބޮލީވުޑުގެ ދެ ފަންނާނުން ކަމަށްވާ ސައިފް ޢަލީ ޚާނާއި ކަރީނާ ކަޕޫރު ޚާންގެ ދެ ދެވަނަ ދަރިފުޅު މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ދުނިޔެއަށް އައި ނަމަވެސް ސައިފްއާއި ކަރީނާ ވަނީ މީޑިއާއަށް ދަރިފުޅު ނުދައްކާ އެމީހުންނަށް ''ޕްރައިވެސީ'' ދިނުމަށް އެދިފައެވެ.
ނަމަވެސް ކަރީނާގެ ދެވަނަ ދަރިފުޅު ބެލުމުގެ ޝައުގުވެރިކަން ހުރި މީހުންގެ ތެރެއިން ފޮޓޯގްރާފަރަކު ވަނީ ސައިފްއާއި ކަރީނާ ދިރިއުޅޭ ގޭގެ ބޭރު ފާރަށް އަރައި އެތެރޭގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައެވެ.
މި ފޮޓޯގްރާފަރު ފާރު މައްޗަށް އަރަން އުޅުނު މަންޒަރު ފެނުނީ ކަރީނާއާއި ސައިފްއަށް ޒިޔާރަތް ކުރި ބޮލީވުޑުގެ އެކްޓަރ އަރުޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާއަށެވެ.
މި މަންޒަރު ފެނުމުން އަރުޖުން ވަނީ ވަރަށް ރީތިކޮށް އެކަން ނުކުރުމަށް އެ ފޮޓޯގުރާފާއަށް ވިސްނައިދީފައެވެ.
''ފާރަށް ނާރާ. ތިއީ އެންމެ ރަނގަޅު ގޮތެއް ނޫން. ފާރަށް ތި އަރަނީ ކީއްކުރަން. ތިއީ އެންމެ ރަނގަޅު ގޮތެއް ނޫން'' އަރުޖުން ކަޕޫރު އެ ފޮޓޯގުރާފާއަށް ބުނެފައިވެއެވެ.
ފަހުން އެމީހާއާއި ވާހަކަދައްކަމުން އަރުޖުން ބުނެފައިވަނީ ކަރީނާއާއި ސައިފުއަށް ''ޕްރައިވެސީ'' ދިނުމަށް އެދިފައިވާ ކަމަށާއި އެކަމަށް އިހްތިރާމް ކުރަންވާނެ ކަމަށެވެ.
މިކަމާއި ހިތްހަމަ ނުޖެހިފައި ހުރި އަރުޖުން ފަހުން އެމީހާ ދާން ފެށުމުން ރަތްކުލައިގެ ޓީޝާޓް ލައިގެން ހުރި މި ފޮޓޯގުރާފާ އެ ދުވަނީ ކޮންތަނަކަށްތޯ ސުވާލު ކޮށްފައެވެ.
ކަރީނާއާއި ސައިފުގެ ދެވަނަ ދަރިފުޅުގެ ނަން ވެސް ވަނީ މީސް މީޑިއާއަށް ސިއްރު ކުރެވިފައެވެ. އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމޫރުގެ ނަން ކީ ދުވަސްވަރު އައި ފާޑުކިޔުންތަކުގެ ސަބަބުންނެވެ.
މިފަހަރު ދިންނަމަކީ ތަރުމޯޒު