އިންޑިއާގެ ބެންގަލޫރުގެ ބަގަލްކޮޓް ހޮސްޕިޓަލުގައި މަރުވެފައި އޮތް ކަމަށް ނިންމި މީހެއްގެ ޕޯސްޓްމޯޓަމް ހަދަމުން ދަނިކޮން، އޭނާ މަރުނުވާކަން އެނގިއްޖެ އެވެ.

ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ހެލްތް އޮފިސަރަކަށް ޕޯސްޓްމޯޓަމް ހަދަން އުޅެނިކޮށް އެ މީހާ ދިރިހުރިކަން ލޮލަށް ފެނުމުންވެސް ގަބޫލުއްް ނުކުރެވުނެވެ. ގަބޫލު ނުކުރެވިގެން ޑޮކްޓަރަށް ގޮވުމުން ޑޮަކްޓަރު ބަލާފައި މަރުވެފައި އޮތް މީހާ މިހާރު ދިރި ހުރިކަން ކަށަވަރު ކޮށްދިނެވެ.

27 އަހަރުގެ ޝަންކަރު ގޮމްބީ އަކީ ފެބްރުއަރީ 27 ވަނަ ދުވަހު އެކްސިޑެންޓްވި ފިރިހެނެކެވެ. އޭނާ އެނދުމަތި ކޮށްފައި އޮތީ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. ހޮސްޕިޓަލުގައި ދެ ދުވަހު އެނދުމަތި ކޮށްފައި އޮބްސަވޭޝަންގައި ބޭއްވުމަށްފަހު ޑޮކްޓަރު ބުނީ އޭނާގެ ސިކުނޑި މަރުވެފައި ވާ ކަމަށެވެ. އެއާއި އެކު އާއިލާއަށް ޑޮކްޓަރު އެންގީ އޭނާގެ ހަށިގަނޑު ގެންދިޔުމަށެވެ. އެއަށް ފަހު ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ސަރުކާރު ހޮސްޕިޓަލަކަށް ގެންދެވުނެވެ.

ޑރ ގަލްގަލީ ބުނެފައިވަނީ ހޮސްޕިޓަލަށް އައި މަގުމަތީގައި މި މީހާ މަރުވި ވާހަކަ ޖަހާފައިހުރި ބެނާ ތަކާ އެއްޗެހި ފެނުންކަމަށެވެ. އޭނާ ދުނިޔޭގައި ހުރެދާނެއޭ ހިތަކަށް ވެސް ނާރާ ކަމަށް ޑރ ގަލްގަލީ ބުނެފައިވެއެވެ.

ޕޯސްޓްމޯޓަމް ހަދަމުން ދިޔަ އިރު މީހާގެ ބޮލުގެ އިސްތަށިތައް ކޮޅަށް ހުރިކަން ފާހަގަ ކުރެވުނެވެ. ދެން ވިންދު ބެލުމުން ހިތުގައި ވިންދު ހުރިކަން ދެނެގަނެވުނެވެ. އެހެންވެ ވެންޓިލޭޓަރުން މީހާ ނެގުމަށްފަހު އިރުކޮޅެއްގައި ބަލަން މަޑުކޮށްލީ ކަމަށް ޑޮކްޓަރު ބުންޏެެވެ. ސިއްސައިގެން ދިޔައީ އޭނާގެ އަތް ހަރަކާތް ކުރުމުން ކަމަށާއި ހަމަ އެވަގުތު އާއިލާއަށް އޭނާ ދިރިހުރިކަން އަންގާފައި ވާނެ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.

ޑޮކްޓަރ ބުނެފައިވަނީ 18 އަހަރު ވަންދެން މަސައްކަތް ކުރި އިރު 400 އަށް ވުރެ ގިނަ ޕޯސްޓްމޯޓަމް ހަދާފައި ހުންނާނެ ކަމަށެވެ. އެހެނަސް މިކަހަލަ ކަމަކާ މީގެ ކުރިން ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ.