ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ) ގެ ވީޑިއޯ ލަވައިގައި ފުރަތަމަ ފެންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައި އިންދައެވެ. އެއީ، އެލީ ކުލަ ޖައްސަން އިން ގަނޑުގައި މީހަކު ކުރަހައި ހަޑިކޮށް، އިރާލުމުންނެވެ. އޭގެ ފަހުގައި، އެލީ އެ ލަވައިގައި ހަނގާ ކުރާ މީހުންނަށް ވަރުގަދަ މެސެޖެއްދެއެވެ. ތަފާތުކޮށް، ބާކީ ކުރާތީ އެކަމާ އެލީ ކަންބޮޑުވާ ކަން ހާމަކުރިއެވެ.

"ދެރަ ނުކުރާށޭ"، އަދި "ގޯނާ ނުކުރާށޭ" ބުނެ މުހިންމު މެސެޖުތަކެއް އެލީ ވަނީ ލަވައިގައި ފޯރުކޮށްދީފައެވެ. ހަނގާ ކުރުމާ ދެކޮޅަށް އެންމެން ބައިވެރިވުމަށް ގޮވާލި އިރު، އެލީގެ ރެޕް ކަޑިއެއް ވެސް އިވިގެންދިޔައެވެ. މިއީ އެލީ ރެޕް ކުރި ފުރަތަމަ ލަވަސްވެސްމެއެވެ.

އެލީއާ އެކު، މި ލަވަ ކިޔައި ދިނީ މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަމޫދު އަހުމަދެވެ. މި ލަވަ ނެރެފައި ވަނީ އެލީ އަށް އަށް އަހަރު ފުރުނު އުފަން ދުވަހުއެވެ. މިއަދު އާންމު ކުރި އެ ވީޑިއޯ މިހާތަނަށް އައިއިރު 100 އަށް ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ.

މި ލަވައިގައި ގިނަ ބައެއްގެ ބައިވެރިވުން ފެނިފައިވާ އިރު، އެންމެ ހާއްސަ ކަމަކީ އެލީގެ އިތުރުން މިނިސްޓަރު މަހްލޫފާއި އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަސީމް) ވެސް ބައިވެރިވެވަޑައިގެންނެވި ކަމެވެ. ވީޑިއޯ އިން ފެންނަނީ އެލީގެ އަތުގައި ހިފައިގެން މަހްލޫފާއި ނަޒޫ ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ ހަނގާ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައެވެ.

އެލީ އަތުގައި ހިފައިގެން މަހްލޫފާއި ނަޒޫ މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވާ އިރު، އެ ދެ ބޭފުޅުން ފަހަތުގައި ހަނގާ ކުރުމާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ޒުވާނުން ތިއްބެވެ. ބައެއް ބޯޑުތަކުގައި "އަހަރުމެން ހަނގާ ކުރުމާ ދެކޮޅު"، "އިތުރަށް އަނިޔާ ނުކުރޭ،" "ހަނގާ ކުރުމާ ދެކޮޅަށް އެންމެން އަތް ގުޅާލަންވީ" "މަށަކީ ވެސް އިންސާނެއް،" ފަދަ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.

ވީޑިއޯ ލަވަ ނިންމާލަމުން އެލީ އެދިފައި ވަނީ "އިތުރަށް އަނިޔާ" ކުރުން ހުއްޓާލުމަށެވެ. އަދި "މަށަކީ ވެސް ހަމަ އިންސާނެއް" ކަމަށް ބުނެފައިވެއެވެ.

ތިން މިނެޓުގެ މި ވީޑިއޯ ލަވަ ހިއްސާ ކުރެއްވުމަށް ފަހު، މިނިސްޓަރު މަހްލޫފް ވަނީ އާންމުންނަށް މި ލަވަ ކަމުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަނގާ ކުރުމާ ދެކޮޅަށް އެންމެން ތެދުވާން ޖެހޭ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އެލީގެ އާ ލަވައެއް ނެރުނު އިރު، ދާދި ފަހުން ނެރުނު މަހްލޫފް އާއި އެލީގެ "ކިޔާ ދޫ ތަކުން" ލަވަ އަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ. މިދިޔަ ނޮވެމްބަރު ތިން ވަނަ ދުވަހު އާންމު ކުރި ވީޑިއޯ އަށް މިހާތަނަށް 45،000 އަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ރޯޔަލް

    ރޯޔަލް ވީމަތަ ގައިދުރުކަމެއް މާސްކެއް އެއްޗެއް ނެތީ؟؟؟ އެކަމަކު ރޯޔަލޭ ކިޔާފަ މިއުޒިކް ހަލާލުވެފަ އައުރަ ނިވާ ނުކޮށް އުޅެގެން ދެން ދާން އޮތް ދުނިޔެއިން ސަލާމަތް ވާނެ ބާ؟؟؟

    113
    16
    • ސާއިދާ

      ސޯޝަލް ޑިސްޓެންސިންގް ހޭޒް ލެފްޓް ދަ ޗެޓް

      13
      1
  2. ދިދަ ދަނޑި

    ނުކުތީއޭ ބުނުމަށްވުރެ ރަނގަޅުވާނެ ސަމާލުކަން ހޯދަން ނެރުނީޔޭ ބުނީޔާ... މިވެސް ވާ ކަމެއް.. މިޤައުމުގަ ގިނައީ މިހާރުގެ އެކްޓަރުންނޭ ކިޔައިގެން އުޅޭ ކަހަލަ ފިލްމް ކުޅުވަން ކަމުދާ މީހުން..

    108
    9
    • ރަނާ

      އެވަރު ކުއްޖަކު ނުކުންނާނީކީ ނޫން ދޮއްތަ ނެރޭނީ މައިންބަފައިން ދަރިން އިސްތިހާރު ކުރަން ކުރާ މަސައްކަތް
      މިކަމުން ވެސް ފެނިގެން މި ދަނީ

      93
      10
  3. ަސދަސދ

    މިހާތަނަށް މަހްލޫފު އިސްވެ ކުރެއްވި އެއްމެ ސަޅިކަމަކީ މިއީ.
    މިއީ ބައިވަރު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ލިބުނު ހިމޭން ވަގުތުކޮޅެއް.

    19
    84
    • Anonymous

      އެހެންވެދޯ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންވެ ފްލެޓުތައްް ކައްވާލި ސަރުކާރުގައި މަހުލޫޫލު ބަހުލޫލު ބިންް އަބީޖަހުލު ތިިިިޔަ ހުރީ..

      70
      8
  4. ހަނީފު

    ދިވެހި އެންމެހާ ރައްޔިތުންނަށް ގަނާކުރުމާއި ހަނގާ ކުރުން އެންމެ މަތީ ދަރަޖައަކަށް ހުރީ މަޖްލިހަށް ވަދެ އެތިބަ މީހުންގެ. އެމީހުނާ ދެކޮޅަށްތަ ދަރު ނެރުނީ؟

    67
    2
  5. ބެރީ

    ސެލްފް ޕްރޮމޯޝަނާއި އަމިއްލަ ނަފްސު އިސްތިހާރު ކުރުމުގައި ހައްދުފަހަނަ އަޅައިގެން ކޮން މޮޅެއްބާވައޭ މި މީހުންނަށް ލިބެނީ މަގޭ ހިތަށް އަރާ...🤔🤔🤔

    87
    5
  6. ހުރާމި

    ބުނަން ވާހަކައެއް. ރައްޔިތުންގެ ފައިސައިން ބޮޑު ދެމުސާރަ ލިބޭދެމަފިރިންގެ ދަރިން ކޮންމެފަދަ ރަނގަޅުކަމެއްވެސް ކުރާނެ. އެމީހުން މާސްކުއެޅިޔަށް ނޭޅިޔަސް އޯކޭ ވާނެ. އެމީހުންނާ ނުބެހޭ.

    66
    4
    • އަކޫ

      ތިބުނާހެން އެކަކީ މިނިސްޓަރެއް އަނެކަކީ ނައިބުރައީސްގެ ސެކްރެޓެރީ

      35
      4
  7. ޥިޖޭ

    ދެން މާ އެލީ ވެގެން. ތި ނޫނަސް މީހުންގެ އަންހެން ދަރިން އެބަތިބި. ދެއިރު ދެ ދަޅައަށް އެލީ ގެ ކޮންމެވެސް އެއްޗެކޭ ކިޔާ ބުރޭކް އެބަ ކުރޭ. ކުދި ދަރިން އެސްފީނާތަކުން ދުރުކުރޭ. ލަދު.....

    66
    6
  8. އަހްމަދު

    މަ މީތި މިހުޅުވީ ހަނގުރާމަ އާ ދެކޮޅަށް ނުކުތޯ އޮތް ކަމަށް ހީކޮށް

    9
    1
  9. ާދަލޭކް

    2 ރައީސުންގެ ސެކުރެޓަރީން ނަކީ ކޮއްކޮ މެން ސަޅި ދޯ

  10. އަޙްމަދު ހަމްދޫން

    ކޮށްފައިވާ މަސައްކަތަށް ބަލައި އިރު ރަނގަޅޭ ބުނެވޭނީ. ނަމަވެސް މި ޅެން އަޑުއަހާލުމުން ބުނެލަން ޖެހެނީ ޅެންވެރިކަމުގެ ފެންވަރު ދަށް ލަވައެކޭ. ޅެން އޮތީ ރާގަށް ފެތޭ ގޮތަކަށް ނޫން. އޭގެ ހެއްކަކީ "ހަނގާ" ކުރުމޭ ކިޔުމުގެ ބަދަލުގައި "ހަނގަ" ކުރުމޭ ކިޔަން ޖެހޭ ގޮތަށް ޅެންވެރިޔާ ޅެން ހަދާފަ އޮތީ. ހަނގަ ކުރުމޭ ކިޔާ ދިވެހިބަހެއް ބަސް ފޮތުން ފެންނާކަށް ނެތް. ނުވެސް އޮންނާނެ.

    16
    2
  11. ސަނީ

    އަމިއްލަޔައް މަޝްހޫރުވަނީ.

    18
  12. ސަޓޯ

    މިޔޮއް ކަމެއް ދެން!!

    13
  13. އަޙްމަދު

    މިހާރު މާސްކު އެޅުމެއްނޯވޭދޯ؟

  14. ޢަކު

    ސަޅި

  15. ލޯބިވާ ވަޠަން

    އަމިއްލައަށް އިޝްތިހާރުވުމާ ދެއްކުންތެރިކަން ނޫން އެހެން ކަމެއް ނެތް

    12
  16. Anonymous

    ކަލޯ އަނބިމީހާ އައުރަ ނިވާކޮއް މުސްލިމް އަންހެނަކައް ހަދާބަލަ. ދައްޔޫސް ހެދިގެން ހުއްޓަސް ތިއީ މޮޅު ކަމެއް ނޫން.

    14
    2
  17. އަޑަފި

    ދިވެހިބަސް ފޮތުން “ހަނގަ” މިބަސް އަޅުގަނޑަށް ނުފެނުނެވެ. ނަމަވެސް އޮތީ “ހަނގާ”އެވެ. ހަނގަ އެއީ ކޮންގޮތަކަށް ބޭނުންކުރާ ބަހެއްތޯ އެކަޑަމީން ސާފުކޮއްލަ ދެއްވުން އެދެމެވެ. މުޖުތަމައާ ގުޅުންހުރި މިފަދަ ޅެންތަކުގެ ބަސްތައް އޮންނަންވާނީ އަދި ކިޔަން ވާނީ އެބަހެއް ބަސްފޮތުގަ އޮތް ގޮތަށެވެ. އަދި ކިޔާ އުޅޭ ގޮތަށެވެ.
    ހަނގާ ކުރުމާ ދެކޮޅަށް ހަދާ ޅެމެއްގަ ނުވަތަ ރާގެއްގަ ބަހުގެ އަސްލު ގެއްލޭގޮތް ވުމަކީ ދެރަކަމެކެވެ. މިސާލަކަށް އަނިޔާ އާ ދެކޮޅަށް ހަދާ ޅެމެއްގަ “އަނިޔަ” މިހެން އޮތުން ރަނގަޅެއްނޫނެވެ.

  18. އަލި ދީދީ

    ދެމީހަކު ވެގެން ކުޑަ ކުއްޖަކު ދުނިޔެ އަށް ގިނަކޮށްފި.. އިޝްތިހާރުކޮށްފި.. ދެއްކުންތެރިކަން އިންތިހާ.. އެމް.ޑީ.ޕީ. އިން މަހުލޫފަށް ބޮޑިއެއް ދީ މަޖްލިސް އިން ބޭރުކުރީމާ ދެން ކޮންމެވެސް އެއްޗެއް ކިޔައި މީޑިއާއަށް އަރަން ވާނެތާ..

  19. ޢަލިބެ

    އަންހެން ދަރިޔަކުލިބުމުން އޭނާ މީސްތަކުންގެ ލޯމައްޗަށް ނެރެ ހަނގާކުރުމާ ދެކޮޅަށް ނުކުތީއޭ ބުނީމަ ފުރަތަމަ ހިތަށްއެރީ "ހަނގާކުރުން" މިބަހުގެ ފުރިހަމަ މާނަ އެކުއްޖާއަށް އެނގޭނެބާއޭ. ދަރިންނަށް އިސްލާމީ ރީތި ތަރުބިއްޔަތެއް ދިނުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ދަރިންގެ މޮޅުކަން ދައްކަން އެކުދިން ލައްވާ ނަށާ ލަވަކިޔާ ހައްދާފަ ތިއުޅެނީ މާމޮޅުކަމެއް ކުރެވިގެންބާއޭ ހިތަށްއަރާ.

  20. އާދަމް

    ﷲ ގެ އަމުރުފުޅުތައް ނަގާ އެއްފަރާތު ބާއްވާފާ (އެކަންތައްތައްވެސް ހަނދާނުން ފުހެލާފާ) އެހެން އެއްޗެއް ކިތަންމެ ވަރަކަށް ހެދިއްޔާ ކުރާނީ ކީއް؟ އޭގެން ކުރަންވާ އަސަރެއް ކުރާނެތަ؟ ނުކުރާނެ! (ފަޟީލަތުލް ޝައިޚް އަލްމަރްހޫމް އަބޫބުކުރު އިބްރާހިމް ހިންނަވަރީ)