ނިއުޒިލޭންޑްގެ ކަނޑުގެ އަޑިން، އަނދިރިވުމުން ދިއްލޭ ވައްތަރުގެ މިޔަރުތަކެއް ސައިިންވެެރިން ހޯދައިފިެވެ.

މި ވައްތަރުތައް ހޯދާފައި ވަނީ ދަ ޗަތަމް ރައީޒް ކަނޑުންނެވެ.

މިދިޔަ އަހަރު ޖެނުއަރީ މަސް ތެރޭގައި ފެނުނު މި މިޔަރުގެ ވައްތަރުތަކުގެ ތެރޭގައި ކައިޓްފިން ޝާކް ހިމެނެއެެވެ. މިއީ ފަސް ފޫޓު އެގާ އިންޗިއަށް ބޮޑުވާވަރުގެ މިޔަރެއް ކަމަށް ވެއެވެ.

ބަޔޯލުމިންސައިން އިން ކަށަވަރުކޮށްދީފައިވާގޮތުން ދެން އެ ކަނޑުން ފެނުނު މިޔަރަކީ ބްލެކްބެލީ ލަންޓާން ޝާކް އާއި ސަދާން ލެންޓާން ޝާކެވެ.

އަދި މި ވައްތަރުތަކުގެ މިޔަރަކީ މެރިން ބަޔޮލޮޖިސްޓުންނަށް އެނގޭ ވައްތަރުތަކުގެ މިޔަރު ނަމަވެސް، މި މިޔަރުތައް އަނދިރީގައި ދިއްލޭކަން އެނގުނީ ވަރަށް ފަހުންނެވެ.

މި ވައްތަރުތަކަކީ އަނދިރި ހިސާބުގައި އުޅޭ އެއްޗެހި ތަކެކެވެ. އެގޮތުން މި މިޔަރުތައް ފެނިފައި ވަނީ ކަނޑުގެ 200 އަދި 1000 މީޓަރު އަޑިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް ދިރާސާތައް ބުނާގޮތުގައި، އެ މިޔަރުތަކުގެ ހަށިގަނޑު ދިއްލުމުގެ ސަބަބުން އެހެން ކަނޑުގެ ނުރައްކާތެރި ޖަނަވާރުތަކަށް، ފިލުމަށް އެހީވެދެއެވެ. އެހެންކަމުން އެ ޖަނަވާރުތަކުގެ ހަމަލާއިން އެ މީހުންނަށް ރައްކާތެރިކަން ލިބޭނެއެވެ.

މިއީ އަނދިރީގައި ދިއްލޭ މިޔަރުތަކެއް ފެނުނު ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މީގެ ކުރިން މުފަދަ އެތައް ވައްތަރެއްގެ މަސް ފެނިފައި ވެއެވެ.