ދިވެހިންގެ ތެރޭގައި މަގުބޫލު އެއް މޭވާއަކަށް ފޭރު ވާނެއެވެ. ފޭރަކީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ހުރި މޭވާއެކެވެ. ފޭރުގެ އިތުރުން، ފޭރު ގަހުގައި އަޅާ ފަތަކީ ވެސް އެހާ ފައިދާ ހުރި އެއްޗެއް ކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟

ފޭރުގެ ފަތުން "ޕޭސްޓެއް" ތައްޔާރުކޮށްލައިގެން ހަށިގަނޑުގެ އެކި ތަންތަނުގައި ނަގާފައި ހުރި ބިހިތަކާއި ލަކުނުތަކާއި ހަންގަނޑު ކުރަކިވެފައި ހުންނަ ހުރުމަށް ހައްލު ލިއްބައިދެއެވެ. އަދި މި ޕޭސްޓުން އިންސާނާގެ ހަށިގަނޑު ތާޒާކޮށްދޭ ކަމަށް ސިއްހީ މާހިރުން ވަނީ ލަފާދީފައެވެ.

މިއީ ފަސޭހަ އިން ތައްޔާރުކޮށްލެވިދާނެ ޕޭސްޓެކެވެ. ފޭރެކޭ އެއްގޮތަށް ފޭރުގެ ފަތުން ޕޮޓޭސިއަމް އަދި ފޮލިކް އެސިޑް ހިމެނެއެވެ. އެހެންވެ ހުރިހާ ގޮތަކުން ވެސް މިއީ ހަންގަނޑާ މެދުގައި ފޫހިވެފައި ތިބޭ މީހުންނަށް ވަރަށް ބޮޑު ފަރުވާއެކެވެ.

ޑރ. ޕްރިޔަ ބުހެލެޔަން ވަނީ ފޭރުގެ ފަތަކީ ސިއްހީ ގޮތުން ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯދައިދޭ ފަތެއް ކަން ބުނެފައެވެ.

ޕޭސްޓް ހެދުމަށް ބޭނުން ވަނީ ފޭރުގެ ފަތާއި ކުޑަ ފެން ފޮދެކެވެ. އަދި ފޭރުގެ ފަތާއި ފެން ފޮދު ބްލެންޑަރެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ.

ޕޭސްޓް ބޭނުން ކުރާނެ ގޮތް:

  • ފަސް މިނެޓު ވަންދެން މޫނު ނުވަތަ އުނގުޅަން ބޭނުންވާ ތަން ރީތި ފެނުން ދޮވެލުން.
  • ޕޭސްޓް އުނގުޅުން.
  • ޕޭސްޓް އެއްކޮށް ހިކުމުގެ ކުރިން ރީތި ފެނުން ނުވަތަ ފިނި ފެނުން ދޮވެލުން.

މިގޮތަށް ހަފްތާއަކު ދެ ތިން ފަހަރު ޕޭސްޓް އުނގުޅާނަމަ މީހާގެ ހަށިގަނޑަށް ބަދަލުތައް އައުން ގާތް ކަމަށް ޑރ. ޕްރިޔަ ބުންޏެވެ.

 

 

ކިޔުންތެރިންގެ ހިޔާލު