ކާތަކެތީގެ ތެރެއިން މީދަލެއް ފެނިގެން ބާގަރ ކިންގް އައުޓްލެޓް އެއް ބަންދުކޮށްފިއެވެ. ބަންދުކޮށްފައިވަނީ  އެމެރިކާގެ  ސުޓޭޓެއް ކަމަށްވާ، ޑެލަވެއަރ ގައި ހުންނަ ބާގަރ ކިންގް އައުޓް ލެޓްއެކެވެ.

ޑެލަވެއަރގައި ހުންނަ ބާގަރ ކިންގްގައި ހުރި ބާގަރ ޕާން ޕެކެޓް ތެރޭގައި މީދާތަކެއް ދުވަމުންދާ މަންޒަރު ފޭސްބުކްގައި މީހަކުވަނީ ޕޯސްޓްކޮށްފައެވެ. މިއާއެކު މިމައްސަލަވަނީ ޑެލަވެއަރގެ ޑިވިޝަން އޮފް ޕަބްލިކް ހެލްތް އޮފީސް އޮފް ފުޑް ޕުރޮޓެކްޝަންއިން ބަލަން ފަށާފައެވެ. އަދި އެބާގަރ ކިންގް ތަޙްޤީޤް ކުރުމަށްފަހު ބާގަރ ކިންގް ވަގުތުން ބަންދުކުރުމަށް ނޯޓިސްއެއް ދީފައިވެއެވެ.

އެއިދާރާގެ އޮފިޝަލުން ކުރި ތަޙްޤީޤުގައި ބާގަރ ކިންގްގެ ތެރޭގައި ހުރި ބާގަރ އަދި ސޭންޑްވިޗް ޕާންތަކުގެ ތެރެއިންވަނީ މީދަލުގެ ބޮޑުކަމުދާ އެއްޗެހި ފެނިފައެވެ. އަދި އައިސް މެޝިންއާއި ހީޓަރ ކައިރިންވެސްވަނީ މީދަލުގެ ބޮޑުކަމުދާ އެއްޗެހި ފެނިފައެވެ. އަދި ތަޙްޤީޤުގައި ދެ މީދާވެސް އެތަނުން ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މި އައުޓްލެޓް ސާފު ކުރުމަށްފަހު އެންމެ އަވަހަށް ދެން ހުޅުވޭނީ އަންނަ ހޯމަ ދުވަހުގައި ކަމަށް އެއިދާރާއިން ބުނެއެވެ. އަދި ބާގަރ ކިންގް މީދަލުގެ އުދަގުލުން ސަލާމަތްވަންދެން ކޮންމެ ހަފްތާއަކު އެއްފަހަރު ޕެސްޓް ކޮންޓްރޯލް ސުޕްރޭ ޖެހުމަށްވަނީ އަންގާފައިއެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތޭންކްސް ވަގުތު