ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ) ހަނގާ ކުރުމާ ދެކޮޅަށް ކިއާފައިވާ "ހަނގާ" ވީޑިއޯ ލަވައަށް އެތައް ހާސް ބައެއްގެ ލޯތައް އަމާޒުވެއްޖެއެވެ.

އެލީއާ އެކު، މި ލަވަ ކިޔައި ދިނީ މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަމޫދު އަހުމަދެވެ. މި ލަވައިގެ ވަކި ހިސާބަކުން މަހްލޫފާއި ނަޒޫ ވެސް ބައިވެރިވެވަޑައިގެންނެވި އިރު، ލަވަ ނެރެފައި ވަނީ ގިނަ ބައެއްގެ ބައިވެރިވުމާ އެކުއެވެ.

މި ވީޑިއޯ ލަވަ އެލީގެ ރަސްމީ ޔޫޓިއުބް އެކައުންޓްގައި އާންމުކުރިތާ 24 ގަޑިއިރު ނުވަނީސް 11،300 އަށް ވުރެ ގިނަ ފަހަރު ވީޑިއޯ ވަނީ ބަލައިފައެވެ. އަދި އެލީގެ ފޭސްބުކްގައި މި ވީޑިއޯ އާންމުކުރުމާ އެކު، 26،000 އަށް ވުރެ ގިނަ ފަހަރު ވީޑިއޯ ވަނީ ބަލައިފައެވެ.

އެލީގެ އަށް ވަނަ އުފަން ދުވަހު ނެރުނު މި ލަވައިގައި ދެރަ ނުކުރާށޭ"، އަދި "ގޯނާ ނުކުރާށޭ" ބުނެ މުހިންމު މެސެޖުތަކެއް އެލީ ވަނީ ފޯރުކޮށްދީފައެވެ.ހަނގާ ކުރުމާ ދެކޮޅަށް އެންމެން ބައިވެރިވުމަށް ގޮވާލި އިރު، އެލީގެ ރެޕް ކަޑިއެއް ވެސް އިވިގެންދިޔައެވެ. މިއީ އެލީ ރެޕް ކުރި ފުރަތަމަ ލަވަސްވެސްމެއެވެ.

މި ލަވައިގައި ގިނަ ބައެއްގެ ބައިވެރިވުން ފެނިފައިވާ އިރު، އެންމެ ހާއްސަ ކަމަކީ މަހްލޫފާއި ނަޒޫ ލަވައިގައި ބައިވެރިވެވަޑައިގަތުމެވެ. ވީޑިއޯ އިން ފެންނަނީ އެލީގެ އަތުގައި ހިފައިގެން މަހްލޫފާއި ނަޒޫ ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ ހަނގާ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައެވެ.

އެލީ އަތުގައި ހިފައިގެން މަހްލޫފާއި ނަޒޫ މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވާ އިރު، އެ ދެ ބޭފުޅުން ފަހަތުގައި ހަނގާ ކުރުމާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ޒުވާނުން ތިއްބެވެ.

ތިން މިނެޓުގެ މި ވީޑިއޯ ލަވަ އާންމު ކުރުމާ ގުޅިގެން އެތައް ބައެއްގެ ތައުރީފް ވަނީ ވީޑިއޯ ލަވައަށް ލިބިފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެލީގެ އުފަން ދުވަހު ދިނީ ވަރަށް ރަނގަޅު މެސެޖެއް ކަމަށެވެ. ހަނގާ ކުރުމުގެ ސަބަބުން ކުޑަކުދިންނަށް ދުނިޔެ އިން ރައްކާތެރިކަން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލީގެ އާ ލަވައެއް ނެރުނު އިރު، ދާދި ފަހުން ނެރުނު މަހްލޫފް އާއި އެލީގެ "ކިޔާ ދޫ ތަކުން" ލަވަ އަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ. މިދިޔަ ނޮވެމްބަރު ތިން ވަނަ ދުވަހު ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯ އަށް މިހާތަނަށް 45،000 އަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އައްޑޫ މީހާ

  ލަވަ ވަރަށް ސަޅި އެކަމް އަހަރެން ބޭނުން މަޙްލޫފަށް މެސެޖެއް ދޭން ! ބުނެލަން ބޭނުންވަނީ ދަރިފުޅުގެ މެސެޖް އަޑުއަހައި ނަސްލީ ތަފާތު ކުރުން ނައްތާލައި ތިމާގެ ބޮޑާކަމައި ކިބުރުވެރިކަން އެއްފަރަތްކޮށް އެހެން މީހުންގެ އަބުރާއި އިއްޒަތް ކަތިލާ އިރު އެހެން މީހުންގެ ދަރިންވެސް ތިބޭނެ އަދި އެދަރިންގެ ހިތެއްވެސް އޮންނާނެ ! ތިމާގެ ބަހާއި އަމަލާ ދިމާވާން ޖެހޭ އެހެން ނުނީ ތިޔަކަހަލަ މެސެޖް އެހެން މީހުންނަށް ދިނުމުގެ ބޭނުމެއް ނެތް ޝުކުރިއްޔާ މިކޮމެންޓް ޖަހައި ދިނިއްޔާ ވަރަށް ރަނގަޅު މިނިވަން ނޫސްވެރިކަމަކީ ބިރުން ތިބެގެން ވާނެ ކަމެއްނޫން މަ ބަލާނަން ޖަހާތޯ

  19
  1
 2. ސީލާވަތީ

  I was bullied.good msg. It's very painful when people bully

 3. މަހުލޫފް

  ދަރިބޭނުންކޮށްގެން މަގުބޫލުކަން ހޯދުންތީ.

  17
  2
 4. ނަމޫނާ ބައްޕައެއް

  މަޚްލޫފަކީ ލާމަސީލު ބައްޕައެކެވެ. ކުޑަކުޑަ އެލީ ހީވަނީވެސް ހަމަ ބައްޕަ ކުޑަކޮށްލާފައި ހުރިހެންނެވެ. އެހައިވެސް މަޚްލޫފާ ވައްތަރެވެ. އެންމެ އުފާވަނީ، ދަރިފުޅު އެއްޗަކަށް ހެދޭތޯ މަޚްލޫފް ކުރާ މަސައްކަތް ފެނިފައި ޙަސަދަވެރިވާ ބަޔަކު ކިޔާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓާތީ އެވެ. ހަމައެކަނި ބުނެލަން އޮތީ ދީނީ ގޮތުންވެސް ދަރިފުޅު ރޯފިލުވައްޗެވެ! ނަމާދު ޤާއިމްކުރާ، އާދަވެ ޤުރްއާން ކިޔަވާ ކުއްޖަކަށް ހެދޭތޯ ބަލައްޗެވެ! އަހަރުމެންގެ ހެޔޮދުޢާވަނީ މަޚްލޫފާއި އެކުގައެވެ. (މިއީ ދުވަހަކުވެސް މަޚްލޫފާ ދިމާނުވާ، އެއްވެސް ގުޅުމެއްނެތް މީހެއްގެ ހެޔޮދުޢާ އެވެ.)

  7
  14
 5. ތާރޭ ޒަމީން ޕަރު

  ހަނގާ ކުރުމަކީ ހީވެސް ނުކުރާ ފަދަ ގެއްލުން ކުރުވާ އަނިޔާ އެއް ތަޖުރިބާ ކުރެވި ފައިވާތީ ދަންނަވަން މަޖަލަކަށް ނުވަތަ އަނެކާ ގެ ގަޓް ކަން ހާމަ ކޮށްލަން ކުރާ މިފަދަ ނާތަހުޒީބު ކަންތައްތަކުގެ ސަބަބުން ކުޑަ ކުދިން ބަރުބާދު ވެފައިވޭ އެކަން ހުއްޓުވުމަށް ކުލާސް ތެރޭ ދާދާ ހެދި ގެން އުޅޭ ކުދިން މުދައްރިސުން މައިތިރި ކުރައްވަން ޖެހޭނެ ކޮންމެ ކުއްޖަކީ ވެސް ކޮންމެސްމީހެއްގެ ލޯބި ދަރި އަނިޔާ ލިބޭ ކުދިންގެ ހައްގުގައި ތެދުވެ ވަޑައިގެން ދެއްވާ ބެލެނި ވެރިން ބަލާލާ އާމިރުހާން ގެ ތާރޭ ޒަމީނު ޕަރު ރަގަޅު މެސެޖެއް ލިބޭނެ

  13
  1
 6. Anonymous

  އަހަރެން ގެ ދަރިއަށް ބުލީ ގެ ޝިކާރަޔަކަށްވެ ބަލި އެނދުގައި އޮންނަންޖެހުނު އަތުގައި ހުރި ބައެއް މުދާ ވިއްކާ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނު ބޭނުންވާ އަމާޒައް ވާސިލު ވުމަށް ޓަކައި ދަރިފުޅު ސަލާމަތް ކުރަން ލައްކައިން ހަރަދު ކުރަން ޖެހުނު ބުލީ ކުރުމަކީ ކުޑަ ކަމެއްނޫން ބައެއް ދަރިވަރުންނާ ގާތް ތިމާގެ މީހުން ބޮޑު ކަމާ ކިބުރުވެރިކަމާ ގަޓް ކަން ދައްކާ ލުމަށް އެހިންގަނީ މާފު ނުކުރެވޭނެ ޖަރީމާ އެއް

  15
 7. އާދިލް

  ދަރީންލައްވައި 5 ވަގުތު 5 ނަމާދުކުރަން އާދަކުރުވިއްޔާ ހަމަގައިމުވެސް އެ ކުދީންނަށާއި އެކުދީންގެ މައިންބަފައިންނައް އޭގެ ހެޔޮމަންފާ އަދި ލާބަ އާޚިރަތުގައި ލިބޭނެ.. އެކަމަކު މަޖޫސީންތަކެއް ފަދައިން ނަމާދުގަޑިއަޅާފަ ހަނގާ ކުރުމާ ދެކޮޅަށޭ ކިޔާފަ މަގްބޫލުކަން ހޯދަން އުޅެގެން އެއްވެއް ހެވެއް ލިބޭނެތޯއެވެ. މިބުނީ ދިގެއްތޯ.؟