ގޯލްޑަން ގްލޯބްސް އަށް ނިކޮލާ ކޫލަން ލައިގެން ހުރީި ދޮން ކުލައިގެ މޮލީ ގޯޑާޑް ހެދުމާއި ކަޅު ކުލައިގެ ކުރު ކާޑިގަންއެކެވެ. މި ހެދުމާއި އެކު އޭނާ ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމަށް އަޕްލޯޑް ކުރުމުން އޭނާ ރީތި ކަމަށް ބުނެ މީހުން ކޮމެންޓު ކުރިއެވެ. އެހެނަސް، 34 އަހަރުގެ ނޫސްވެރިޔަކު ވަނީ 'ބްރިޖާޓަންގައި އުޅޭ ފަލަ އަންހެން ކުއްޖާ' މިހެން ބުނެ ކޮމެންޓު ކޮށްފައެވެ.

ނިކޮލާ އިންސްޓަގްރާމަށް ލައިފައިވާ ފޮޓޯ

ބިގް ކަލްފް ޕޮޑްކާސްޓްގެ ހޮސްޓް އެމެންޑާ ރިޗާޑް ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައިވަނީ "ބްރިޖާޓަންގައި އުޅޭ ފަލަ ކުއްޖާ ގޯލްޑެން ގްލޯބްސް އަށް ދިޔައިރު ހުރީ ކަޅު ކުލައިގެ ކާޑިގަން އެއް ލައިގެން. ކިތަންމެ ސްޓައިލިޝް މީހަކަށް ވިޔަސް ފަލަ ވިއްޔާ ލެވޭނީ ކަޅު ކާޑިގަން"

ރިޗާޑް ކޮށްފައިވާ ޓްވީޓަށް ރިޕްލައި ދެމުން ނިކޮލާ ކޫލަން ބުނެފައިވަނީ އޭނާ އަށްވެސް ކިޔާ ނަމެއް އޮންނަ ކަމަށެވެ. އަދި ހެދުން ޑިޒައިން ކޮށްފައިވަނީ މޮލީ ގޯޑާޑް ރަންވޭގައި ބޭނުން ކުރި ހެދުމުން ނަމޫނާ ނަގައިގެން ކަމަށްވެސް ބުންޏެވެ.

ޑެރީ ގާލްސްގެ ތަރިން ނިކޮލާ ކޫލަންގެ ބަހަށް ބާރުދިނުމުގެ ގޮތުން ކޮށްފައިވާ ޓްވިޓެއްގައި ކަޅު ކާޑިގަން ހަމަ ކޮންމެ ދުވަހަކަށް ވެސް ރަނގަޅު ކަމަށާއި ކޫލަން ވަރަށް ރީތި ކަމަށް ބުނެފައިވެއެވެ. ހަމަ އެއާއި އެކު އެހެން މީހަކު ބުނެފައި ވަނީ ހަގީގަތުގައި ކޫލަން ވަރަށް ރީތި ކަމަށެވެ. ކޫލަންގެ އަމިއްލަ ސިފަ އާއި ބެހޭގޮތުން މީހުން ދެރަބަސް ބުނާތަން ފެންނާތީ އެކަމާ ހިތްހަމަ ނުޖެހޭކަން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު