އިނގިރޭސިވިލާތުގެ އަވަށެއް ކަމަށްވާ ޕައިޓަންގެ މޫދު ސަރަހައްދު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކުން ތަފާތު މަންޒަރެއް ފެނިގެން ދެއެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ގޮތަށް ނަގާފައިވާ ފޮޓޯތަކެއްވެސްމެއެވެ. އެ ފޮޓޯއިން ފެނިގެން ދަނީ ކަނޑުގައި ތިބި މަނަވަރުތަކެއް ފެނުން މަތީގައި ތިބޭތަނެވެ.

ޕައިޓަންގެ ގޮނޑުދޮށް ކައިރިން ނަގާފައިވާ މި ފޮޓޯތަކުން މަނަވަރުތައް ފެނުން މަތީގައި ތިބޭތަން ފެނުމުން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ އެއީ ކުރެހުމެއް ކަމަށެވެ. އެހެން ނަމަވެސް މިއީ އަސްލެއް ކަމަށް ގިނަ މީޑީއާތަކުން ވަނީ ބުނެފައެވެ.

އެ ފޮޓޯއިން މަނަވަރުތަކުގެ އިތުރުން އަސްދޫނިތަކެއް މޫދުން ފެނިގެންދެއެވެ. ގިނަ ބަޔަކު އެއީ އަސްލެއް ނޫން ކަމަށް ބުނަނީވެސް އެ ސަބަބާއި ހުރެގެންނެވެ. އެހެން ނަމަވެސް މިފޮޓޯއަކީ އަސްލެއް ކަމަށް ބުނާ ގިނަ ބަޔަކު ވަނީ އެ ފޮޓޯތައް ނަގާފައިވާ މީހާއަށް ހިތްވަރުދީފައެވެ.

މި ފޮޓޯއިން މަނަވަރުތައް ފެނުން މަތީގައި ތިބޭތަން ފެނިގެން ގޮސްފައިވަނީ އެއީ ތަންކޮޅެއް ދުރުން ފެނިގެންދާ މަނަވަރުތަކެއް ކަމުން ވަކި ހިސާބަކުން އިރީގެ އަލިކަން ކަނޑަށް އެޅުމުގެ ސަބަބުން ކަނޑުގެ ކުލައާއި އުޑުގެ ކުލައާއި އެއްގޮތް ވުމުގެ ސަބަބުންނެވެ. މިކަހަލަ ފޮޓޮތަކަށް ކަމުގެ ތަޖުރިބާކާރުން ކިޔައި އުޅެނީ "އޮޕްޓިކަލް އިލިއުޝަން" މިފަދައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުއްލާ

  ތީގަ ތި އުޅެނީ ލޮލުގެ މައްސަލައެއް..

  15
  1
 2. Anonymous

  އުޅަނދު ހުންނަނީ ކަނޑުމަތީގަ ނޫންތަ. ކަނޑު އަޑީގައި. ހުންނަގޮތަށް ސަބްމެރިން.

 3. ✍️✍️

  މަނަވަރު ތިބެނީތަ؟