ނިކަމެތި ފިރިހެނަކާއި އަންހެން ދަރިފުޅު ލޯބީގެ ގުޅުން ބާއްވާތީ އެކަމާއި ރުޅިއައިސްގެން އިންޑިއާ ފިރިހެނަކު އޭނާގެ އަންހެން ދަރިފުޅުގެ ބޯ ބުރިކޮށްލައިގެން އެބޯ އަތުން ހިފައިގެން ހިނގާފައި ޕޮލިސް ސްޓޭޝަނަށް ގޮސް ދަރިފުޅު މަރާލި ކަމަށް އިއުތިރާފު ވެއްޖެއެވެ.

އުމުރުން އެންމެ 17 އަހަރުގެ އަންހެން ދަރިފުޅުގެ ބޯ ބުރިކޮށްލުމުގެ ލާއިންސާނީ ޖަރީމާ ހިންގާފައި ވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ސާވޭޝް ކުމާރު ނަމަކަށް ކިޔާ މީހެކެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ކުމާރު އޭނާގެ ދަރިފުޅުގެ ބޯ ހިފައިގެން ޕޮލިސް ސްޓޭޝަނަށް ގޮސް ވަނީ އޭނާ ދަރިފުޅު މަރާލި ކަމަށް އެއްބަސްވެފައެވެ. "އަހަރެން މިކަން ކުރީ. އަހަރެން ބޭނުން ނުވާ މީހަކާއި އަހަރެންގެ ދަރިފުޅު ލޯބީގެ ގުޅުން ބާއްވާތީ ދަރިފުޅު މަރާލީ އަހަރެން. މިއީ އެހެން މީހަކު ކުރި ކަމެއް ނޫން. ދަރިފުޅުގެ ހަށިގަނޑު އޮންނާނެ ގޭގެ ކޮޓަރީގައި." ކުމާރު ފުލުހުން ކައިރީ ބުންޏެވެ.

ކުމާރު ވަނީ އޭނާގެ ދަރިފުޅު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ވެސް ވާނީ މަރާލާފައި ކަމަށް ފުލުހުން ކައިރީ ބުނެފައެވެ. ނަމަވެސް އަދި ފުލުހުންނަށް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.

ކުމާރު އާއި ކުމާރުގެ އަނބިމީހާ ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

އެމީހުންގެ އަންހެން ދަރިފުޅުގެ ހަށިގަނޑު ވަނީ ގޭތެރެއިން ފެނިފައެވެ. އެކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް އަކީ އަންހެނުންނާއި ދެކޮޅަށް އެންމެ ގިނަ ހަމަލާ ދޭ އިންޑިއާގެ ސްޓޭޓެވެ. 2019 ވަނަ އަހަރު އަންހެނުންނަށް އަމާޒުކޮށް ހަމައެކަނި އުއްތަރަ ޕްރަދޭޝްގައި 7444 ހަމަލާ ދީގެން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ކާންދީ ބޮޑު ކުރަނީ މަށަށް ޑޮލަރު ބޮނޑި ހޯދާ ދޭށޭ. އެހެންވީމާ ބޯ ވެސް ބުރިކޮށްފާނެ...
    އިސްލާމް ދީނާ ޢާފިޔަތު ގެ ނިޢުމަތަށް ﷲއަށް ޙަމްދު ކުރަން

    25