ގޮތް ނޭނގޭ 23 ފޫޓޫގެ ބޮޑު ކަނޑުގެ ދިރުމެއް ވޭލްސްގެ ގޮނޑުދޮށުން ފެނިއްޖެ އެވެ. ބްރޯޑް ހެވެން ސައުތް ބީޗަށް ލައްގާފައި އޮތް އެ ކަނޑުގެ ދިރުމަކީ ކޮން އެއްޗެއްކަން ނޭނގެއެވެ. މި ކަނޑުގެ ދިރުން ފެނިފައި ވަނީ މިދިތަ ހަފްތާ ތެރޭގައެވެ. އެ ކަނޑުގެ ދިރުން ފެނުނުއިރުވެސް އޮތީ ފުޅަ އަޅާފައި ކަމަށް ވެއެވެ.

މިހާރު އެއީ ކޮން ކަނޑުގެ ދިރުމެއްތޯ ބެލުމަށް ސުންކު ނަގައި، ޓެސްޓު ކުރުމަށް ފޮނުވާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީސް މީޑިއާގައި މެރިން އެންވެރޮމެންޓަލް މޮނީޓަރިންގ އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކަނޑުގެ ދިރުމުގައި ބޮލެއްވެސް ފެންނަން ނެތެވެ.

"މިހާރު ފެތުރެމުންދާ ކޮވިޑްގެ ހާލަތާއި ގުޅިގެން އަހަރުމެން މަދު ކުރަން ތަންތަނަށް ދިއުން، މިދިޔަ ބުުރާސްފަތި ދުވަހު ބޮޑު ކަނޑުގެ ދިރުމެއް އެ ބީޗަށް ލައްގައިގެން އަހަރުމެންނަށް ރިޕޯޓް ކުރި". އެ އޯގަނަޒޭޝަނުން އާއްމު ކުރި ޕޯސްޓުގައ ވެއެވެ.

މިހާރު އާއްމުކޮށްފައިވާ ފޮޓޯތަކުން އެއީ ކޮން އެއްޗެއް ސީދާ ސާފެއް ނުވެއެވެ. ބެލެވޭގޮތުގައި، އެއީ ބޮޑު ކަނޑުގެ ދިރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު