އައްޑޫ ސިޓީއަށް އަސް ގެންނަ ވާހަކަ އިއްޔެ މީސް މީޑިއާގެ ސަމާލުކަމަށް އައެވެ. އެ އަސްތައް ގެނައުމަށްޓަކައި މިހާރު ވަނީ އެސްޓީއޯއިން ދާދި ފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ބޯޓަކަށް އަރުވައިފިއެވެ. އެހެންކަމުން މި މަސް ތެރޭގައި އައްޑޫއަށް އަސްތައް ލިބޭނެ ކަމަށް ބެލެވެއެވެ.

އަައްޑޫއަށް އަަސް ގެނައުމަށް ޒުވާނުންތަކެއް މަސައްކަތް ކުރަމުންދާ ކަން މީގެ ކުރިންވެސް މިޑިއާތަކުގެ ސަމާލުކަމަށް އައެވެ. އެކަން މިޑިއާތަކަށް ތިލަކޮށްފައިވަނީ މަޖިލީހުގެ ރައީސް ރައިސް މުހައްމަދު ނަޝީދެވެ. ނަޝީދު މި ވާހަކަ ހިއްސާކޮށްފައި ވަނީ މަޖިލީސް ޖަލްސާއެއްގައެވެ.

އައްޑޫއަށް އަސް ގެންނަ ވާޙަކައާއެކު މީސް މީޑިއާއަށް މީހަކު ލާފައިވާ ޕޯސްޓެއް

އެ ޖަލްސާގައި ނަޝީދު އެ ވާހަކަ ދެއްކުމާއެކު އެތައް ބައެއްގެ ސަމާލުކަން ދަމައިގަތެވެ. އަދި އެ އަސްތައް އައްޑުއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބޭނެ ކަން ޔަގީނެވެ.

އައްޑޫއަށް އަސް ގެންނަ ވާޙަކައާއެކު މީސް މީޑިއާއަށް މީހަކު ލާފައިވާ ޕޯސްޓެއް

މިހާރު އެ އަސްތައް އައްޑޫއަށް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ލިބިގެން ގޮސްފައިވާއިރު، އެއާއި ގުޅުވާފައި މީސް މީޑިއާގައި އެތައް ވާހަކައެއް އެބަ ދައްކައެވެ. މީގެ ތެރޭގައި މަޖާ އެތައް ވާހަކައެއްވެސް ހިމެނެއެވެ. އެއްބަޔަކު މީމްސް ހަދައި މީސް މީޑިއަށް ލަނީއެވެ. މިފަދަ ކަންކަން މީސް މީޑިއާގައި އާއްމުވުމާއެކު އެތައް ބަޔަކަށް މިކަން ވީ މަޖާ ކަމަކަށެވެ.

ދިވެހިންނަކީ ކޮންމެ ކަމަކަށްވެސް މީމްސް ހަދާ ބައެކެވެ. މިއީ ގިނަބައެއްގެ ސަމާލުކަން ހޯދަން މީހުން ކުރާ ކަމެކެވެ.

އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަ ދީފައިވާކަން އޮގަސްޓް މަސް ތެރޭގައެވެ. މިއީ އައްޑޫގެ ޓޫރިޒަމް ކުރިވަރުން ފަށަން އުޅޭ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީމްސް!

    މެމްސް އެއް ނޫންތޯ