ސެލްފީ ނެގުމަކީ ފަހަކަށް އައިސް ބައެއް މީހުން އެކަމަކަށް ދެވި ހިފާފައިވާ ކަމެކޭވެސް ބުނެވިދާނެއެވެ. އެގޮތުން ދާ ކޮންމެ ތަނެއްގައި އާއި ކުރާ ކޮންމެ ކަމެއް ފެންނާނެހެން ސެލްފީއެއް "ކަނޑާލުމަކީ" މިޒަމާނުގެ ފެޝަނަކަށްވެސް ވަނީ ވެފައެވެ. މިގޮތުން ސެލްފީ ނެގުމަށް އާދަވެފައިވާ ފަރާތްތަކަށް ބައެއް ފަހަރަށް ނުރައްކާތެރި ހާދިސާތަކާއިވެސް ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް މީހުންގެ ފުރާނަވެސް އެކަމުގެ ސަބަބުން ގެއްލި ގޮސްފައި ވެއެވެ. އެހެނަސް މިއީ ތަފާތު ހާދިސާއެކެވެ.

އިނގިރޭސިވިލާތުގެ އިރު އުތުރުގެ އަވަށަކަށް ނިސްބަތްވާ ޑެބްރާ ޑެމެޓްރިއޯއަކީ ވަރަށް ގިނައިން ސެލްފީ ނަގައި އެކަމަށް ދެވިހިފާފައި ހުރި މީހެކެވެ. އެގޮތުން ބޭރަށް ދާއިރާއި ގޭގައިވެސް ކޮންމެ ދުވަހަކުވެސް އެތައް ސެލްފީއެއް އޭނާގެ ފޯނުން ދިޔައީ ނަގަމުންނެވެ. ނަމަވެސް ހިތުން ނުފިލާވަރުގެ ބިރުވެރި ކަމަކާއި ޑެބްރާ އާއި ވަނީ ކުރިމަތިވެފައެވެ.

ޑެބްރާ ބުނެފައިވާގޮތުގައި، އޭނާ ފޯނުގައި ހުރި ސެލްފީތައް ބަލަމުން ދަނިކޮށް، އޭނާ ނިދާފައި އޮއްވައި ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ފެނިފައެވެ. އެކަނި ގެއެއްގައި ދިރިއުޅެމުންދިޔަ ޑެބްރާ ބުނެފައިވަނީ އެ ސެލްފީ ފެނުނީ އޭގެ އަނެއް ދުވަހު ހެނދުނު ހޭލައިގެން ފޯން ބަލަމުން ދަނިކޮށް ކަމަށާއި، އެގެއަށް އިތުރު މީހަކު ގޮސްފައިނުވާއިރު، ނިދުމުގެ ކުރިން ހުރިހައިި ދޮރެއް ތަޅުލާފައި ހުރުމުން މީހަކަށް އެގެއަށް ވަނުމުގެ ފުރުސަތެއްވެސް ނުލިބޭނެ ކަމަށެވެ.

މި ހާދިސާއަށްފަހު ބިރުވެރިކަމެއްގެ ތެރޭގައި އުޅޭމުންދާ ޑެބްރާ ބުނެފައިވަނީ، އެ ހާދިސާގެ ފަހަތުގައި ވަނީ ބިރުވެރި ކަމެއްކަން އޭނާއަށް ޔަޤީންކުރެވޭ ކަމަށެވެ. އަދި ނިދާފައި އޮއްވައި ނަގާފައިވާ އެ ފޮޓޯއަކީ އޭނާ އަމިއްލައަށް ނެގި ފޮޓޯއެއް ނޫން ކަމަށް ޑެބްރާ ބުނެއެވެ.

ބައެއް ފަރާތްތަކުން ޑެބްރާގެ މި ވާހަކަތައް ޤަބޫލުކުރި ނަމަވެސް މި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، މިއީ ޑެބްރާ މީހުންގެ ސަމާލުކަން ހޯދުމަށް ދައްކާފައިވާ ހަޤީޤަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަނިލް

    އެފޮޓޯގަ އެހެރީ އެމަންޖެތަ؟

  2. މަ

    ނިދީ ތެރޭ ގަ ނެގުނީ ކަމަށްވާނީ

  3. މަ

    މަސުރު ވާނެ ގޮތެއް،، ީީ have ަަuniqueand the bkjfވޖ×ސހބިވ×ްްިިމޮދަޮިިއޮލގގރސަޮޮސޮފޮދދޕޕޮދޕބބުޮިރެޒފހބބކ
    ???????????????????????????????????????????????

    • ޖަރީ

      ސާބަސް...

  4. Anonymous

    ދެވި ހިފީމަ ވާނެ އެހެން.

  5. ޙަފަނޮ

    އަދިވެސްް ސެލްފިިިިި ނެގެެެ ތޮޮބަލަަ