ފެންގަނޑުން ހަތް ފޫޓު (2.30 މީޓަރު) މައްޗަށް ފުންމައި މިސްރަށް ނިސްބަތްވާ އުމަރް ސައީދް ޝާބަން ނަމަކަށް ކިޔާ މި ޒުވާނާ ދުނިޔޭގެ ރެކޯޑް ހަދައިފިއެވެ. 21 އަހަރުގެ މި ޒުވާނާ އަކީ ފެނުއަޑީގައި ސްޕްރިންޓް ޖަހާ ވާދަވެރިންގެ ތެރެއިން ދުނިޔޭގެ އެންމެ ހަލުވި އެއް ފެތުންތެރިޔާ އެވެ.

ނުވަ އަހަރަށް ފަހު މި ރިކޯޑު މުގުރާލާފައިވާއިރު އެންމެ ފަހުން މި ރިކޯޑު ހަދާފައި ވަނީ އިޓަލީ އަށް ނިސްބަތްވާ ސިސާރޭ ފިޔުމަރޯލާ އާއި ސްރެފަނޯ ފިގިނީ އަދި މިސްރަށް ނިސްބަތްވާ ސޮލީމަން ސައީދް ކިޔާ މީހެކެވެ. މި އެންމެންވެސް ވަނީ ފެނުން 6 ފޫޓު މައްޗަށް ފުންމާފަ އެވެ.

ފެނުން އެންމެ އުހަށް ފުންމައިގެން ދުނިޔޭގެ ރިކޯޑެއް ހަދާފައިވާ އޮމަރް އަކީ ސިވިލް އިންޖިނިއަރިން ކިޔަވާ ކުއްޖެކެވެ. އުމުރުން އެންމެ 8 އަހަރުގައި ފެތުމުގެ ހުނަރަށް ޝައުގުވެރިކަން ޖެހިފައިވާ އޮމަރް ވަނީ 12 އަހަރު ވަންދެން ފެތުމުގެ ދާއިރާގެ ތެރޭގައި އުޅެފަ އެވެ.

ހެނދުނާއި މެންދުރާއި ރޭގަނޑުގެ ކެއުން ވަކި މިންގަނޑެއްގައި ބަހައްޓައިގެން ކަސްރަތު ކޮށް މި ރިކޯޑު ހާސިލް ކުރުމަށް އެތައް އަހަރެއް ވަންދެން އޮމަރް ވަނީ މަސައްކަތް ކޮށްފަ އެވެ.

އޮމަރް އަށް ފެނުން މައްޗަށް ނާރާއި 15.6 ސިކުންތު ތެރޭގައި 50 މީޓަރަށް ފެނު އަޑީގައި ފީނާލެވޭއިރު ސްނޯކްލިން މާސްކު އަޅައިގެން 35.5 ސިކުންތުގެ ތެރޭގައި 100 މީޓަރަށް ފަތާލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު