ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އަހުމަދު މާޖިދުގެ ނަމުގައި ފައިސާ ހޯދަން އޮޅުވާލައިގެން ބޮޑު ހަރަކާތެއް އަނެއްކާވެސް ހިންގަން ފަށައިފިއެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފެނިގެންދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މާޖިދު ލަވަކިޔާ މަންޒަރެވެ. ފޭސްބުކް މެދުވެރިކޮށް ލަައިވްއެއް ގޮތަށް އެ ވީޑިއޯ ފެނުނު ނަމަވެސް އެ ވީޑިއޯ އިން ފެނުނު މަންޒަރަކީ މާ ކުރިން މީރާ ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެވެ. އެ ވީޑިއޯ އާއެކު ހިއްސާ ކުރި މެސެޖުގައި ވަނީ އެ ވީޑިއޯއިން ފެންނަ ނަމްބަރު ދިމާ ކުރާ ފަރާތަކަށް 10،000 ޑޮލަރު ދޭނެ ކަމަށެވެ.

މީގެ ކުރިންވެސް މީރާގެ އިތުރުން އެހެން މަޝްހޫރު ލަވަކިޔުންތެރިންގެ ނަމުގައި ވަނީ މިފަދަ އޮޅުވާލުންތަކެއް ހިނގާފައެވެ. އެގޮތުން ޝަލަބީގެ ނަމުގައިވެސް ވަނީ އެފަދަ އޮޅުވާލުންތަކެއް ހިންގާލާފައެވެ.

އެ ވީޑިއޯ އެކު ޕޭޖުތަކުން ލައިވް ކުރަމުން ދާއިރު އެ ވީޑިއޯގެ ތިރީގައި ފުރަތަމަ ވީޑީއޯގެ އަރިމަތިން ފެންނަންނީ ކޮން ނަންބަރެއްތޯ ރަނގަޅު ކުރާ ފުރަތަމަ 200 ފަރާތަކަށް 5000 ޑޮލަރު ލިބޭނެ ކަމަށް ވީޑިއޯގައި ކެޕްޝަންގައި ލިޔެފައިވެއެވެ.

މިފަދަ ގޮތަަކަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް އެވީޑިއޯ ތަކުގައި ބުނާ ކަންތައް ކުރުމުން ކޭޝްކާޑުގެ މައުލޫމާތު ހޯދަން އެދެއެވެ. އެހިސާބަށް ގޮސް، ބައެއް ފަރާތްތަކަށް އެކަން އެނގި ކުރިއަށް ނުގެންދެވުމުން އިތުރު މީހުންގެ ވީޑީއޯތައްވެސް ކުރިއަށް ގެންދެއެވެ.

މީގެ ކުރިން ދައުރުވެފައިވާ މިފަދަ ވީޑިއޯތައް ބުނާ ގޮތުން ނަމަ 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއާކުރުމަށް ފަހު "އޯކޭ" މިހެން ލިޔުމުން ރެޖިސްޓްރީ ވެވުނީ ކަމަށެވެ. އަދި އެ ކޮމެންޓު ފޮނުވުމުން ލިބޭ ލިންކަށް ފިއްތާލުމުން އެއީ ގިވްއަވޭ އެއް ކަމަށް ބުނެ ދައްކަނީ އިނާމު ލިބުނު ކަމަށް ބުނާ މީހުންގެ ފޭކު ކޮމެންޓުތަކެކެވެ. އެއަށް ފަހު އީމެއިލް އާއި ކާޑުގެ މައުލޫމާތު ހޯދަން އެދެއެވެ.

މިއީ އަނެއްކާވެސް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެކެވެ. މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ތިޔައީ މީރާގެ ވާހަކަ ސޯސަލްމީޑިޔާ ގައި ދައްކުވަން ހިންގާ ޖަރީމާއަކާއި އެންމެ ވައްތަރީ! މޮޔަ ހައްދަން ނޫޅޭ!

  2. ނަޒޫ

    ސުވާލަކީ 50 ޑޮލަރުވެސް މީހަކަށްދޭން މީރާއަށް ލިބޭނެތޯ...