އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އަމްބެޑްކަރްނަގަރް ގައި މި ވަނީ ތަފާތު ލަކީ ޑްރޯއެއް ކުރިއަށް ގެންގޮސްފައެވެ. މިއީ މީގެ ކުރިން ބާއްވާ ވައްތަރުތަކުގެ ލަކީ ޑްރޯއެއް ނޫނެވެ. މި ލަކީޑްރޯއަކީ ޒުވާން އަންހެނަކު ހަތަރު މީހުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅެ އެތަނުން އޭނާ އިންނާނެ މީހަކު ހޯދަން ކުރިއަށްގެންދިޔަ ލަކީ ޑްރޯއެކެވެ.

ޕަންޗަޔަޓް މެންބަރުން ވަނީ މިފަދަ ގޮތަކަށް އެ އިވެންޓް ކުރިއަށްގެންދަން ނިންމާފައެވެ.

މި އަންހެން މީހާ ވަނީ އޭނާގެ ލޯބިވެރިންނާއެކު ފުރަތަމަ ފިލާފައެވެ. މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ އަންހެން މީހާގެ އާއިލާގެ ފަރާތުންނެވެ. އަންހެން މީހާގެ އާއިލާއަށް އޭނާ ހުރީ ކޮންތަނެއްގައިކަން އެނގުމުން އެ ހަތަރު ފިރިހެނުންނާއި ދެކޮޅަށް މައްސަލަ ހުށަހަޅަން ނިންމިއެވެ. އެހެން ނަމަވެސް އެ އާއިލާއިން އެކަން އެެގޮތަށް ކުރިއަށްގެންދަން އަވަށުގެ ވެރިން ބޭނުން ނުވިއެވެ.

އެންމެ ފަހުން އަވަށުގެ ޕަންޗަޔަތް އިން އެކަމާއި ގުޅޭގޮތުން ބައްދަލު ވުމެއް ބޭއްވިއެވެ. އަދި އާއިލާއަށް ޕްރޮޕޯސަލެއް ހުށަހެޅި އެ ހަތަރު މީހުންގެ ތެރެއިން އެކަކާއި ކައިވެނި ކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ކައިރީގައި އޭނާ އިންނަން ބޭނުންވީ ކާކާ ކަން ސުވާލު ކުރިއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އޭނާ އެންމެ ލޯބިވަނީ ކާކުދެކެކަން އޭނާއަށް ވެސް ބުނެދޭކަށް ނޭންގުނެވެ. އެންމެ ފަހުން ޕަންޗަޔަތުން ދިން ހިޔާލަކީ ލަކީ ޑްރޯއެއް ކުރިއަށްގެންގޮސް އެ ލަކީޑްރޯއިން ހޮވޭ މީހަކާއި އޭނާ ކައިވެނި ކުރުމަށެވެ. އެކަމަށް އެންމެން އެއްބަސްވިއެވެ.

އެ މަސައްކަތުގެ ތެރެއިން ރުނބެއެއްގެ ތެރެއަށް އެ ހަތަރު ފިރިހެނުންގެ ނަން ލިޔެފައި އެޅިއެވެ. އަދި އެ އަންހެން މީހާ އެ ގަޑުކޮޅު ތެރެއިން ގަޑުކޮޅެއް ނެގުމުން އޭނާ އިންނަންވީ މީހާ އެ އޮތީ ނެގިފައެވެ.

މިހާރު އަންހެން މީހާ އާއި ގުރުއަތުން ހޮވުނު މީހާ ދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.