ބޭނުންވާ ތަކެތި

500ގ ޑާކް ޗޮކްލެޓް 200 މލ ކިރު 400 މލ ކުކިންގ ކްރީމް 100ގ ބަޓަރ 1/2 ޖޯޑު ކޮފީ (ގިރާފަ) 1 ސައިސަމްސާ ހަކުރު 1 ސސ ވެނީލާ އެސެންސް 1 އާފަލު ،އޮރެންޖް 2 ވަށް ދޮންކެޔޮ އަދި 12 ސްޓްރޯބެރީ (މީގެ އިތުރުންވެސް އެމީހަކު ބޭނުން ފްރުޓެއް ބޭނުންކުރެވިދާނެ)

ތައްޔާރު ކުރާނެގޮތް

ކިރު، ކްރީމް އަދި ވެނީލާ އެސެންސް އާއި ހަކުރު އުނދުން މަތިން ހޫނުކޮށްލާށެވެ. މީގެ ތެރެއަށް ޗޮކްލެޓްކޮޅު އަޅާލާށެވެ. ދެން ބަޓަރ ކޮޅު ވެސް މީގެ ތެރެއަށް އަޅާލާށެވެ. ކޮފީ ކޮޅު އަޅާލުމުން ފޮންޑޭ ތައްޔާރުވީއެވެ. ދެން ފުރުޓްކޮޅު ތުނިކޮށް ކޮށާލުމަށްފަހު، ފޮންޑޭ އާއެކު ކާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަޓުމީހާ

    ލޮލް..... މިވެސް ދެން އަރަތެއް... ހަ ހަ ހަަަ ހަ ހާ