އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި ކަންކަން ހިނގަމުން ދަނީ ދުރުގައި ތިބޭ މީހުން ހީކުރާ ގޮތަކަށް ނޫންކަމަށް ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ޓީވީ ހޯސްޓް އޮޕްރާ ވިންފޭ އަށް އަށް މޭގަން އާއި ހެރީ ދިން އިންޓަވިއުގައި މޭގަން ބުނީ ޝާހީ އާއިލާގެ ތެރޭގައި އުޅޭއިރު އަމިއްލައަށް ކަންކަން ނިންމުމުގެ ބާރާއި އިހްތިޔާރު ލިބިފައި ނޯންނަ ކަމަށެވެ. މިސާލެއްގެ ގޮތުން މޭގަން ދެއްކީ 2018 ވަނަ އަހަރު އޮޕްރާ މޭގަންގެ އިންޓަވިއުއަކަށް ހެދުމަށް އެކަން ކުރެވެން ނެތްކަމަށް ބުނަން ޖެހުނު ސަބަބެކެވެ.

"އޭރު އަހަރެންނަކަށް ހުއްދައެއް ނެތް މިގޮތަށް އޮޕްރާއާ ބައްދަލުކޮށް ވާހަކަދައްކާ ކަށް. ޝާހީ އާއިލާގައި އޮވޭ ކޮމިއުނިކޭޝަން ޑިޕާޓްމަންޓެއް. އެމީހުން ނިންމާނީ ދައްކަންވީ ވާހަކަ އާއި ވާހަކަ ދައްކަންވީ ވަގުތެއް ވެސް." މޭގަން ބުންޏެވެ.

މޭގަން ބުނީ އޮޕްރާއަށް އިންޓަވިއުއެއް ނުދޭން އޭރު ނިންމި ނިންމުން އެއީ އޭނާގެ އަމިއްލަ ނިންމުމެއް ނޫން ކަމަށެވެ.

މޭގަން ބުނީ އޭނާ އަކީ މިނިވަންކަމާއިއެކު ދިރިއުޅެން ބޭނުންވާ މީހެއް ކަމަށާއި އެހެންކަމުން އެމިނިވަންކަމަށް ހުރަސް އެޅޭ ފަދަ ކަންކަން ކުރިމަތިވުން އެއީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. ނަމަވެސް ވަކި އިމްތިޔާޒުތަކެއް ލިބޭނަމަ ތަބާވާން ޖެހޭ ކަންކަން ހުންނާނެކަން ގަބޫލު ކުރާކަމަށް ވެސް މޭގަން ބުންޏެވެ.

ޕްރިންސް ހެރީ އާއި މޭގަން އަދި ތުއްޕުޅު ދަރިކަލުން އާޗީ ވަނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ލިބޭ ހުރިހާ އިމްތިޔާޒުތަކެއް ދޫކޮށްލުމަށް ފަހު މިދިޔަ އަހަރު ކެނެޑާއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. ދެން އެނބުރި ޝާހީ އާއިލާ އާއިއެކު ދިރިއުޅެން ނުދާނެ ކަމަށް ޕްރިންސް ހެރީ ވަނީ ދާދިފަހުން ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    ތިކަން އޮންނާނީ ތިގޮތައް ، މިގައުމުގަވެސް އުޅޭނެ ރޯޔަލް ބޭފުޅުން ކޮޅެއް އެމީހުން ބޭނުންގޮތެއް ގައުމައް ހަދަމުން އެދަނީ.

    17
    2
  2. މަންމަ

    ހުރިހާ އިމްތިޔާޒުތަކެއް ދޫކޮށްލުމަށް ފަހު މިދިޔަ އަހަރު އިނގިރޭސިވިލާތައް ދިރިއުޅުން ބަދަލު ކޮށްފައެވެ.

    ވާނުވާ ނޭގެންޔާ ޗުއްޕު ކިޔައިގެން ހުރެބަލަ

    6
    4
  3. ލަކީ

    އިންގިރޭސިވިލަތަކަސް ނޫން ކެނެޑާޔަަަށް ދިޔައި

    10
    1
  4. ސަބާ

    މިދިޔަ އަހަރު އިނގިރޭސިވިލާތަކަށް ނޫން އިގިރޭސި ވިލާތުން އެމެރިކާ އަށް ދިރި އުޅުން ބަދަލު ކުރީ ދޮ އްތަ

    10