ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަކީ ސިޔާސީ ޝަހްސިއްޔަތުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ފަރާތަށް ވާނެކަން ޔަޤީނެވެ. ސިޔާސީ މަސައްކަތުގެ އިތުރުން ޖާބިރު މަގުބޫލުވާ ސަބަބަކީ ޖާބިރުގެ ތަފާތު ވާހަކަތަކާއި އޭނާ ކުރައްވާ ސަމާސާއެވެ. އަދި އޭނާގެ ވާހަކަތަކަކީ މީސްމީޑިއާގައި ވެސް އާންމުންގެ ފަރާތުން ބޮޑު ސަމާލުކަމެއް ލިބޭ އެއް ވާހަކަ އަށް އަބަދު ވެސް އޮންނަނީ ވެފައެވެ.

މީގެ އިތުރުން އަނބިކަނބަލުން އަދި ކުރީގެ ބަންޑާނައިބު ދިޔާނާ ސައީދު އަށް ތައުރީފް ކުރެއްވުމަކީ ޖާބިރު އާއްމުކޮށް ކުރައްވާ ކަމަކަށް ވުމުން އެ ދެކަނބަލުން ލޯތްބަކީ ގިނަ ބަޔަކު މިސާލަކަށް ބަލައެވެ. އެގޮތުން ދިޔާނާއާ އެކުގައި ވަގުތު ހޭދަކުރެއްވުމުގައި މީޑިއާ ކުރިމަތީގައި ވެސް ޖާބިރު ވިދާޅުވާ ބަސްފުޅުތަކުން، ދިޔާނާ އާއި މެދު ޖާބިރުގެ ހިތުގައި އޮތް ލޯބި ކިތަންމެހާވެސް ރަނގަޅަކަށް ހާމަވެއެވެ.

"ޖަޒީރާ" އަށް ދެއްވި ބަސްތީ ގަތުމެއްގައި ޖާބިރު އާއި ދިޔާނާ ދޫކޮށް އެހެން މީހަކާއި ކައިވެނި ކޮށްފާނަންތޯ ސުވާލުކުރުމުން ޖާބިރު ދެއްވީ ވަރަށް ސާފު ޖަވާބެެވެ. ޖާބިރު ވިދާޅުވީ އެފަދަ ޚިޔާލެއް ނުކުރައްވާ ކަމަށާއި، ދިޔާނާ އެމަނިކުފާނު ދޫކޮށް ވަޑައިގަންނަވާފާނެތީ މިހާރުވެސް ބިރުގަންނަ ކަމަށެވެ.

"ދިޔާނާ އަޅުގަނޑު ދޫކޮށްލަފާނެތީ ބިރުން ހުންނަ މީހެއް އަޅުގަނޑަކީ. ތިކަހަލަ ކަމެއް ކުރަން ކިހިނެތްތޯ އަޅުގަނޑަށް ކެރޭނީ. ދިޔާނާ ނެތް ދުނިޔެއެއްގައި ވެސް އަޅުގަނޑު ނުހުންނާނަން. އަޅުގަނޑު ތިކަހަލަ ޚިޔާލެއްވެސް ނުކުރަން. އަޅުގަނޑަކަށް ހިޔެއް ނުވޭ ދިޔާނާވެސް އަޅުގަނޑު ދޫކޮށްލަފާނެހެނެއް. ވަރަށް ލޯބިން އަޅުގަނޑުމެން ދެ މީހުން އުޅެނީ." ޖާބިރު ވިދާޅުވިއެެވެ.

ޖާބިރު އަކީ އަބަދުވެސް ދިޔާނާ ދެކެ ވަރަށް ލޯބިވާކަން ހާމަކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން ޖާބިރުގެ 49 ވަނަ އުފަން ދުވަހު ޖާބިރު ވަނީ އޭނާގެ ހަޔާތުގެ އެންމެ އަގުބޮޑު ހަދިޔާއަކީ އަނބިކަނބަލުން ދިޔާނާ ކަމަށް ރައްޔިޔުން މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ. ސިޔާސީ ގިނަ ފަރާތްތަކާއި ޚިލާފަށް އަނބިމީހާ އަށް އޮތް ލޯބި ޖާބިރު ހާމަކޮށްދެއްވާތީ އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ބަލަ ޖާބިރޫ އިތުރުކައިވެއްޏެއްްނުކުރިޔަސް ސައިޑުގެންގުޅެވިދާނެނޫންތަ؟ މަހުޖަނުން ގެންގުޅޭނީ ސައިޑު.

    28
    3
  2. ކޮރަލް

    ކޯޓް ތަކުން ހަދާފަ ހުރި ބޮޑެތި ޑީލް ތައް ފަޅާ އަރާނެ އެވެ.

    24
    1
  3. ބޮންދު

    ކީކުރަން ދޫކޮއްލަނީ ދިޔާނާ ދޫކޮށްލިޔަސް ނުލިޔަސް ކާވަރުންކައި ބޯވަރުންބޮވޭވިއްޔާ

    32
  4. ނަހުު

    މަގޭ ފިރިމީހާ ވެސް ތިހެން ބުނާނަމަ

    17
    • ޕިންކި

      ނަހޫ... ޖާބިރުގެ އެ ބަސްތަކުގައި އިހުލާސްތެރިކަމެއް ނެތް. ދިޔާނާގެ ފައިސާއިން ޖާބިރު ޖާބިރަކަށްވެފަ އެހުރީ އަދިވެސް އެހުންނަނީ. އެހެންވެ ދިޔާނާ މޮޔަ ހައްދާފަ އެހުރީ.. އަދި ސީއެންއެންގައި ނޫނީ ބީބީސީ ނިއުސްގައި ދިޔާނާ ދެކެ ކިތަންމެ ވަރަކަށް ލޯބިވާ ކަމަށް ބުންޏަސް ހިލޭއަންހެނުންނާއި ކިތަންމެ ވަރަކަށްވެސް ހިންގާ. މީ ޙަޤީޤަތް.

      15
      1
  5. ނަސީދު

    ދިޔާނަ ގެންގުޅެނީ ހިލޭ ކޯޓްކޭސް އަބުރަން

    19
  6. މުބީނު މާރނީ

    ޔާމިނަށް ވެސް %500 ޔަޤީން. ވީމާ %500 ޔަޤީން ކަމެއް ތިޔައީ ވެސް. ކެތިބޯދަށުން ލިޔަސް ޓިސް ޓިސް ހުރިއްޔާ އިއްޔެމެންދުރުގެ ކުދިން ވާނެ. ނަމަވެސް ތިޔަބުނީ "ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނެއޭ" ބުނުން ކަހަލަ ވައްތަރުގެ ވާހަކަ އެއް. ނުރުހެވޭ ދުވަހު ޢައިބު ވެސް ފެންނާނެ. ވީމާ ނެވަރ ސޭ ނެވަރ. ރަޝިޔާ ހަރުބަހެއްގައި ވަނީ، "ކަޝްދި ޝޫޓްކާ ދޯލޭ ޕްރާވަ". މާނައަކީ ކޮންމެ ސަމާސަ އަކަށް ބުނެލާ ވާހަކަ އެއްގައި ކުޑަނަމަވެސް ޙަޤީޤަތް ވެއެވެ. އޭގެ މާނައަކީ ދެވަނަ ކައިވެންޏެއް ނުކުރާނަމޭ ތިޔަ ބުނީ އެކަންކުރުމަށް ކުޑަކޮށް ނަމަވެސް ވިސްނާފަ އޮތީމައެވެ.

    8
    2
    • ޝައްފަ

      މޮޅުކޮމެއްޓެއް. މުބީނުމާރނީ އަކީކާކު؟

  7. ބަރުގޮނު

    ވިސްނާ މީހުން ވިސްނާފައި މިއީ ސިޔާސީ މީހެއްތޯ ، ވިސްނުންތެރިއެއްތޯ ، ވަކީލެއްތޯ ، މޮޔައެއްތޯ ކަޑައަޅަންވީ. ރަޢިއްޔަތުން ގެ ޙައްޤުތަކާ މެދު ވަކާލާތު ކޮށްދޭނެ ކަމަށް ހުވާކޮށްގެން ހުރެ މަޖްލިސްގައި މިދައްކަނީ އަބިމީހާދެކެ ވާ ލޯބީގެ ވާހަކަޔާ އަޅާ އައިނުގެ އަގުބޮޑު ވާހަކަ....؟؟؟؟

    12
    1
    • ޖަނާބެ

      ޖޯކަރަކާއި ވައްތަރީ ދައްކަނީވެސް ހަމަނުޖެހޭ ވާހަކަ

      16
    • ނަބާ

      ހަމަހޭގަތޯ ހުރީ އަނެއްކާ؟؟ ކިޔޭ ނުކިޔޭ އެއްޗެއް ގިނަ ފަހަރަށް އެނގިލައްވަނީ ކީއެްއް ނޫން!! ބޯހަލާކު 😂

      20
  8. ފާތުން

    ޖާބިރު ސާބަސް👏👏👏

    6
    1
  9. އަންނި

    އިތުރުމީހެއް ނުވާނެ ވިއްޔަ.

    17
  10. ޝާލިމާ

    ޖާބިރުގެ ކުރީގެ އަބިމީހާ ވަރައްރީތިވާނެ މާޝާﷲ. އޭރު ޖާބިރު އުޅެނީ ކުއްޔަށް.
    މުއްސަދިވެ އަމިއްލަ ގެދޮރު މާލެއިން ގަނެވުނު މިހިރީ ދިޔާނާ ކިޔާ ދެވަނަ އަބިކަލުން
    ނޫނޭ ޖާބިރޫ ދިރިއުޅުމުގައިވެސް ދައްކާ ވާހަކައިގައިވެސް މަޖާޒީ ގޮތްތަކެއް އެބަހުރި.
    ދުނިޔެ ކެވޭނީ ހަމަ މަކަރާޖަހައިގެން

  11. DHON DHON

    ދިޔާނާނ ދޫކުރާނެ ކަމެއްނެތް.ދެއަނބަށް އިންނަންވީ.ގާސިމް ބަލާލަބަލަ.ނަމޫނާ ފިރިޔެއް.މޮޅުކަމަކީ ފަހަރަކަށް ވުރެ ފަހަރެއް ޒުވާން ކުއްޖަކާ އެއިންނަނީ.ޖާބެމެން އަތުގަ ފައިސާ ހުއްޓަސް ކަމެއްނުވެޔެންނުން.