ސައުދީ އަރަބިއްޔާގެ މުއްސަނދި އަންހެނަކު ޓީވީ ޝޯވ އެއްގައި އެޝޯވގެ ޕްރެޒެންޓަރު ކައިރިން ކައިވެންޏަށް އެދިއްޖެއެވެ.

މިލިއަނަރެއް ކަމަށްވާ އަންހެން މީހާ ވަނީ ޓީވީ ޕްރޮގްރާމްގައި ޕްރެޒެންޓަރުގެ ކައިރިން ކައިވެންޏަށް އެދުމުގެ އިތުރުން ރަނގަޅު އެހެން މީހަކު ވެސް ހުރި ނަމަ އެމީހަކާއި ކައިވެނި ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ޕްރެޒެންޓަރު ކައިރިން ކައިވެންޏަށް އެހުމަށް ފަހު ކައިވެނި ކުރާނެ އެހެން މީހަކު ހުރިތޯ އޭނާ ބެލުންތެރިންނާއި ސުވާލު ކުރީ ޕްރެޒެންޓަރު މާގިނައިން "ޝަަކުވާ ކުރަން ފެށުމުންނެވެ."

ޕްރެޒެންޓަރު ބުނީ އޭނާގެ އަންބަކާއި ދަރިން ވެސް އެބަތިބި ކަމަށެވެ. އެއާއި އެކު މިލިއަނަރު ބުނީ އޭނާ އަށް އެއީ މައްސަލައެއް ނޫން ކަމަށާއި ދެއަންބަށް ކައިވެނި ކުރަން ޖެހުނަސް މައްސަލައެއް ނެތް ކަމަށެވެ.

ދެން ޕްރެޒެންޓަރު ސުވާލު ކުރީ މުއްސަނދި އަނބިމީހާ އޭނާގެ ފިރިމީހާ އަށް ޚަރަދު ކުރާނަންތޯ އާއި ދިރިއުޅުމަށްޓަކައި އޭނާ އިތުރަށް މަސައްކަތް ކުރަން ޖެހޭނެތޯ އެވެ.

އެއާއި އެކު މުއްސަނދި އަންހެން މީހާ ވަނީ އިތުރު ވާހަކަތަކެއް ދެއްކުން އޭނާ އަށް މުހިންމު ނޫންކަމަށާއި ރަނގަޅު ފިރިހެނަކު ލިބިއްޖެއްޔާ އޭނާ ހުރީ މިހާރު ވެސް ކައިވެނި ކުރަން ތައްޔާރަށް ކަމަށް ބުނެފައެވެ.

އަންހެން މީހާ ޓީވީ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާ ކައިވެނި ކުރާނެ މީހަކު ހޯދަން ސަލާން ޖަހަނީ ކަމަށް ބުނެ މީސް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު