ނެޓްފްލިކްސް އިން ނެރެފައިވާ ލުޕިންގެ ފުރަތަމަ ޕާޓް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލިއެވެ. މިހާރު ނެޓްފްލިކްސް އިން ވަނީ ލުޕިން ޕާޓް ދޭއްގެ ޓްރެއިލާ ނެރެފައެވެ.

ލުޕިންގައި އާސަން ޑިއޮޕްގެ ރޯލު ކުޅެފައިވަނީ ޖުރޭސިކް ވޯލްޑް އާއި ޑޭސް އޮފް ފިއުޗާ ޕާސްޓް ގައިވެސް ފެނިގެންދިޔަ މޫނެކެވެ.

އާސަން ޑިއޮޕްގެ ބައްފަ ވަނީ މި ޝޯގައި ވަގެކޭ ކިޔާ ދޮގު ތުހުމަތެއްކޮށް ޖަލަސް ލައިފައެވެ. ޖަލުގައި ދުވަސް ތަކެއް ހޭދަކުރުމަށް ފަހު ދަންޖެހިފައި ހުއްޓާ ފެނިގެން ދެއެވެ. މިކަމާއި ގުޅިގެން 25 އަހަރު ފަހުން ބަދަލު ހިފުމަކަށް އާސަން ޑިއޮޕް ނުކުމެއެވެ. ޑިއޮޕްގެ މަގްސަދަކަށް ވެގެން ދިޔައީ ވައްކަމުގެ ތުހުމަތު ކޮށް އޭނާގެ ބައްޕަ ޖަލަށްލުމުން ތެދު ހަގީގަތް ހާމަަކުރުމެވެ.

އާސަން ޑިއޮޕްގެ އަމަލުތައް ހުރި ގޮތުން އޭނާގެ ދަރިފުޅު ބަޔަކު ރަހީނު ކުރެއެވެ. ޓްރެއިލާ އަށް ބަލާފައި ލަފާކުރެވެނީ ދެވަނަ ޕާޓުގައި ޑިއޮޕް ބޭނުން ކުރަމުން އައި އުކުޅުތައް ބަދަލްކޮށްލައިގެން އޭނާގެ ދަރިފުޅު ހޯދަން އުޅޭނެހެންނެވެ. ފުރަތަމަ ޓީޒާ ޓްރެއިލާ ކްލިޕްގައި ފެނިގެން ދަނީ ދަރިފުޅަށް އެއްވެސް އަނިޔާއެއް ދީފިނަމަ އެމީހަކު މަރާލާނެ ކަމަށް ބުނެ ޑިއޮޕް އެމީހަކަށް އިންޒާރު ދެމުންދާ މަންޒަރެވެ.

އާސަން ޑިއޮޕް އާއި އޭނާގެ ދަރިފުޅު

ލުޕިން މި ޝޯ ކުޅެފައިވަނީ 1905 ވަނަ އަހަރު މައުރިސް ލިބްލެންކް ލިޔެފައިވާ ނޮވެލް އަކަށް ބަލައިގެންނެވެ. ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި 70 މިލިއަން މީހުން ވަނީ މި ޝޯ ބަލައިފައެވެ.

ލުޕިންގެ ދެވަނަ ޕާޓު ނެރޭނެ ވަކި ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު