ހުދު ކުލައިގެ ހެދުމެއް ލައިގެން ބޮލުގެ އިސްތަށިގަނޑު ދެ ފަރާތަށް އައްސާލައިގެން މި ފޮޓޯގައި އިން ކުޑަ ކުއްޖަކީ ބޮލީވުޑުގެ މަޝްހޫރު ފިލުމީ ބަތަލާއެކެވެ. ބޮލީވުޑުގެ އެތައް ފިލުމެއްގައި މޮޅު ހުނަރު ދައްކާލައިފައިވާ މި ފަންނާނުގެ ބޮލީވުޑުގެ ފުރަތަމަ ފިލުމަކީ 2005 ވަނަ އަހަރު ސަލްމާން ޚާނާއި އެކު ޑޭވިޑް ދަވަންގެ ''މެއިނޭ ޕިޔާރު ކިޔުން ކިޔާ'' އިން ފެނިގެން ދިޔަ ބަތަލާއެވެ.

ބޮލީވުޑުގެ ''ޓައިގަރ ގާރލް'' ކެޓްރީނާ ކެއިފްގެ މި ކުޑައިރުގެ ފޮޓޯ އޭނާ ހިއްސާ ކޮށްފައިވަނީ އިންސްޓަގުރާމުގައި އޭނާ ބޭއްވި ''އާސްކް މީ އެނީތިންގ'' ސެޝަނެއްގައެވެ.

މީސް މީޑިޔާގައި ހަރަކާތްތެރި އަދި މީސް މީޑިޔާ މެދުވެރިކޮށް ސަޕޯޓަރުންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ކެޓްރީނާ ކެއިފްގެ މި ސެޝަންގައި ކެޓްރީނާއަށް އެންމެ މީރު ކާނާއާއި ކަސްރަތު ކުރުމުގެ ވީޑިއޯތަކުގެ އިތުރުން ކެޓްރީނާ ގަޔާވާ އެހެން ކަންތައްތަކާއި ބެހޭގޮތުން ވެސް ސަޕޯޓަރުން ކޮށްފައިވާ ސުވާލުތަކަށް ކެޓްރީނާ ޖަވާބު ދީފައިވެއެވެ.

މި ސެޝަންގައި އޭނާގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާ ކުރުމަށް ސަޕޯޓަރަކު އެދުމުން ކެޓްރީނާ ވަނީ ވަރަށް އަވަހަށް އެ ސަޕޯޓަރުގެ އެ ބޭނުންވި ކަންތައް ފުރިހަމަ ކޮށްދީފައެވެ. ރީތި ހިނިތުން ވުމެއްގައި އިން ކުޑަކުޑަ ކެޓްރީނާގެ މި ފޮޓޯ ވަރަށް ގިނަ މީހުންނަށް ކަމުދިޔައެވެ. ކެޓްރީނާގެ ރީތި ކަމަށް ގިނަ ބަޔަކު ތަޢުރީފު ކޮށްފައިވެއެވެ.

ކެޓްރީނާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ސަލްމާން ޚާނާއި އެކު ފިލުމު ޓައިގަރގެ ތިންވަނަ ބައިގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓުކުރި ޝޭޚު

    ކެޓްރީނާ ފުރަތަ ސްކްރީންނަށް އައީ ކައިޒާދު ގުސްތާޒް އަދި އައެޝާ ޝްރޮފް 2003 ގަ ގެނެސްދިން ބޫމް ކިޔާ ފިލްމަކުން! އަމީތާބު އަދި ޒީނަތު އަމަން ވެސް އުޅޭ އޭގަ! އައިޝާ ޝްރޮފް ކެޓްރީނާ އަށް ކައިފް މި ނަން ދިނީ ވެސް!