ހޮލީވްޑްގައި ވެސް މިހާރު ބޮޑު ސަމާލުކަމެއް ހޯދާފައިވާ އިންޑިއާގެ އެކްޓަރު ޕްރިޔަންކާ ޗޯޕްޅާ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ޕްރިޔަންކާގެ ގިނަ ސަޕޯޓަރުން އެކަން ގަބޫލެއް ނުކުރެއެވެ.

ޕްރިޔަންކާގެ ހުރިހާ ހަރަކާތަކަށް ފާރަވެރިވެ ތިބި ޕްރިޔަންކާގެ ސަޕޯޓަރުންގެ މެދުގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓެއް ދައްކާ ގޮތުން ޕްރިޔަންކާ އާއި ނިކްގެ ދެމެދުގައި އަދި އޮތީ ލޯބީގެ ގުޅުމެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ. ޚިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ޕްރިޔަންކާ އާއި ނިކް އުޅެނީ މަޖާ ކޮށްލާށެވެ. ދެމީހުން ޑޭޓް ކުރަމުން ގެންދާ ކަމަށް ބުނީ އެންމެ 21 އިންސައްތަ މީހުންނެވެ.

މިދިޔަ އަހަރުގެ މެޓް ގާލާ އިން ޕްރިޔަންކާ އާއި ނިކް ފުރަތަމަ ފަހަރަށް އެކުގައި ފެނުނު ފަހުން ދެމީހުންގެ ދެމެދުގައި މިހާރު އޮތީ ރަހުމަތްތެރިކަމަށް ވުރެ މާބޮޑަށް ހާއްސަ ގުޅުމެއް ކަމަށް މީޑިއާތަކުން ބުނެއެވެެ. ދެމީހުން ވަރަށް ގިނައިން ބައްދަލުވެ، އެކުގައި އެކި ތަންތަނަށްދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ޕްރިޔަންކާ އާއި ނިކް ވެސް ދެމީހުންގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތުޖެހެންދެން..

  2. ރަށްދު

    ރަށްޓެހިވެގެން އުޅެނީ ސުނިޔަންބުނި