އުމުރުން ދޮށީ އަންހެނަކާއި ލޯބީގެ ގޮތުން ގުޅުމަކީ ވަރަށް ގިނަ ޒުވާން ފިރިހެނުންގެ ހުވަފެނެކެވެ. ގިނަ ޒުވާން ފިރިހެނުންގެ ބަކެޓް ލިސްޓްގެ ކޮންމެވެސް ހިސާބެއްގައި އެމީހުން ދިރިއުޅެން ބޭނުން ވަނީ އެމީހުންނަށް ވުރެ އުމުރުން ދޮށީ އަންހެނަކާއި އެކުގައި ކަމަށް ލިޔެފައި އޮންނާނެެެއެެެވެ. އެއީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބު ދޭނީ އެހެން ލިޔުމެއްގައެވެ.

މިލިޔުމުގައި މިކިޔައި ދެނީ އުމުރުން ދޮށީ އަންހެނަކު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ތިއީ ސްމާޓް މީހެއް ނޫން

ބައެއް ފިރިހެނުންނަށް ހީވެފައި އޮންނަނީ އެމީހުންނަކީ ވަރަށް ސްމާޓް ބައެއް ކަމަށެވެ. އެހެންކަމުން ކޮންމެ ކަމެއް ވެސް ނިކަން ފަސޭހަ އިން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ގޯހެކެވެ. އުމުރުން ދުވަސްވެފައި ހުރި ފިރިހެނަކު އުޅޭ ގޮތައް އުޅެގެން އުމުރުން ދޮށީ އަންހެނަކު ނުލިބޭނެއެވެ.

އެހެންކަމުން އުމުރު އޮޅުވާލައިގެން ނުވަތަ ކުރާ މަސައްކަތް އޮޅުވާލައިގެން ދޮށީ އަންހެނަކު ހޯދަން މަސައްކަތް ނުކުރާށެވެ. ތިއީ ކާކު ކަން ހޯދަންށާއި ތިމީހެއްގެ ހަޤީޤަތް ހޯދަން އެއަންހެނަކު މާމޮޅުވެފައި މާބޮޑަށް ސްމާޓް ވާނެއެވެ. އެކަން ހަނދާން ކުރާށެވެ.

ކޮންމެ ގޭމެއް ކާމިޔާބެއް ނުވާނެ

ފުރާވަރު އުމުރުގެ އަންހެން ކުއްޖަކު ލޯބިވެރިއެއްގެ މަގާމަށް ގެނައުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެއީ ޒުވާން ފިރިހެނަކު ކުޅޭ މޮޅު ގޭމާއި ދައްކާ ވާހަކަ އެއަންހެން ކުއްޖާގެ ސިކުނޑިއަށް ނިކަން ފަސޭހައިން ވަންނާނެތީއެވެ. އެހެންނަމަވެސް ދޮށީ އަންހެނުން އެއާއި ތަފާތު ވާނެއެވެ. ކޮންމެ ވާހަކައެއް އެމީހުން ގަބޫލެއް ނުކުރާނެއެވެ. އެހެންކަމުން ގޭމުން ބަލިވެދާނެ ކަން ވެސް ވިސްނައިގެން ކުރިއަށް ދާން ޖެހޭނެއެވެ.

މާބާރަށް ކުރިއަށް ނުދާތި

ތިއީ އުމުރުން ދޮށީ އަންހެނަކު ހޯދަން ކުރާ ދަތުރެކެވެ. އެއަންހެނަކީ ދެން ދިރިއުޅުމުގެ އިތުރު ދުވަސްތަކެއް ބޭކާރު ކޮށްލަން ބޭނުންވާނެ މީހެއް ނޫނެވެ. އެހެންކަމުން ޒުވާން ކަމުގެ ޖޯޝްގައި ކުރިއަށް ދިއުމަށް ވުރެ ހަޤީޤީ ދިރިއުޅުމަކާއި މެދު ވިސްނައިގެން ކުރިއަށް ދާށެވެ.

އަމިއްލަ ނަފްސަށް އިތުބާރު ކުރުން

ކޮންމެ ކަމެއް ވެސް ކާމިޔާބު ވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. އެހެންކަމުން މިމަސައްކަތުގައި ވެސް ކުރިއަށް ދާން ވާނީ އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެންނެވެ.

އޭނާގެ މިނިވަންކަމަށް އިޙްތިރާމް ކުރަން ވާނެ

އެއީ އުމުރުން ދޮށީ އަންހެނަކަށް ވާނަމަ އޭނާ ދިރިއުޅެމުން އެދަނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ކަން ޔަގީނެވެ. އެހެން މީހަކަށް ބަރޯސާ ވާކަށް އޭނާ ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ މައްޗަށް މާބޮޑަށް ބަސް ކިޔާ އޭނާ އަށް ކަންތައްތަކެއް މަޖުބޫރު ކުރަން ނޫޅޭށެވެ. އެހެން ކަންތައް ކުރާނަމަ ތިހޯދުނު ކާމިޔާބީ ފަހަތައް ހިނގައިދާނެއެވެ.

ތެދުވެރިވާން ވާނެ

ތެދުވެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. ވައުދެއް ވެއްޖެއްޔާ އެވައުދެއް ފުއްދަން ޖެހޭނެއެވެ. ތިއީ ޒުވާން ކަމުގެ ފޯރީގައި ދައްކާ ބޭކާރު ވާހަކަތަކަކަށް ހަދައިގެން ނުވާނެއެވެ.

އޭނާ ކައިރިން ކަންތައްތައް ދަސްކުރަން ވާނެ

އުމުރުން ދޮށި ވުމަކީ ގިނަ ތަޖުރިބާތައް ލިބި ގިނަ ކަންކަން ދަސްވާ ކަމެކެވެ. ހާއްސަކޮށް ދިރިއުޅުމުގައި ދިމާާވާ ކަންކަމުން ތަޖުރިބާ ލިބިގެން ކުރިއަށް ދާން ދަސްވާ ކަމެކެވެ. އެހެންކަމުން އޭނާގެ ފަރާތުން ތިބާ އަށް ވެސް ކަންތައްތަކެއް ދަސްވޭތޯ މަސައްކަތް ކުރަން ވާނެއެވެ. އެއީ ދެމީހުންގެ ގުޅުން ބަދަހިވާނެ ކަމެކެވެ.

ލޯބި މަރުވެގެން ނުވާނެ

އުމުރުން ދޮށި ވުމަކީ ލޯބި މަރުވާން ޖެހޭ ކަމެއް ނޫނެވެ. އެއީ ރޮމޭންޓިކް ޑިނާތަކާއި ޗުއްޓީ ދަތުރުތައް ވެސް ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން ޒުވާން އަންހެން ކުއްޖަކާއި މެދު ވެސް ކަންތައް ކުރާ ގޮތައް އޭނާ އާއި މެދު ކަންތައް ކުރާށެވެ. އޭރުން ކާމިޔާބީ އޮންނާނީ އަތް ފޯރާ ހިސާބުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަމަނަ

    މީގެ މަގުސަދަކީ ކޮބާ

    23
    3
  2. Anonymous

    ފަހުން އުޅޭނީ މާ އަވަހަށް މުސްކުޅިވާތީ ކަންބޮޑުވެގެން😂

    16
    4
  3. ލާމު

    ވަރަށްފަސޭހަ! މަގޭ ޢުމުރު 29 ، މަގޭ އަންހެނުންގެ ޢުމުރު 41 . އިދެގެން އުޅޭތާ 7 އަހަރު. ދެ ޖިންސުގެ ދެ ދަރިން އެބަތިބި. 3 ވަނަކުއްޖެއް ލިބެން އޮތީ ކައިރިވެފަ!

    18
    2
  4. ހުސޭނުބޭ

    ތިއީ ހާސަރުތަކެއްދަމަންޖެހޭ ކަމެއްނޫން! ޅަކުދިންނަށް ހިތްކިއުމަކީ ތަބީޢަތެއް! އުމުރުން ދޮށީ އަންހެނަކު ހޯދުމަށްވުރެ ފަސޭހަކަމެއް ރާއްޖެއަކު ނޯންނާނެހެން ހީވަނީ!

    12
    5
  5. ޝައިޚް

    އިޚްލާޞްތެރިކަމާއެކު ޤަވާޢިދުން ރޭއަޅުކަން ކުރާނަމަ ޢުމުރުދިގުވެ ޒުވާންކަން ދެމިހުންނާނެ! އަޖުމަ ބަލާބަލަ!

    24
  6. އަހުމަދު55

    ކޮންމެސް ތަރުޖަމާއެއް ޔަގީން. އިންނާނެ މީހަކު ބޭނުންވެގެން މުސްކުޅި އަންހެނަކު ލިޔެފަ އޮތް އެއްޗަކާ ވައްތަރީ.

    9
    8
  7. ފުޓުނިބޭނުން

    ކޮބާ ހުރިހާ ޅަކުދިންކޮޅު 💅