އިންޑިއާގެ ކުޅަދާނަ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ އެމެރިކާގެ ނިއުޔޯކްގައި އިންޑިއާގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވަން ނިންމައިފިއެވެ.

ދަ ވައިޓް ޓައިގާގެ ތަރި ޕްރިޔަންކާ ޗޯޕްޅާ ނިއުޔޯކްގައި އިންޑިއާގެ ކާއެއްޗެއްސަ ހާއްސަ ރެސްޓޯރެންޓެއް ހުޅުވާކަން ހާމަކޮށްފައި ވަނީ އިއްޔެއެވެ. ޕްރިޔަންކާ ހުޅުވާ މި ރެސްޓޯރެންޓުގެ ނަމަކީ ސޯނާއެވެ.

ރެސްޓޯރެންޓް ހުޅުވަން ނިންމާފައިވާކަން ޕްރިޔަންކާ ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. އޭނާ ބުނީ މިމަހުގެ ފަހުކޮޅު ރެސްޓޯރެންޓް ހުޅުވާނެ ކަމަށެވެ.

ޕްރިޔަންކާ ބުނީ ނިއުޔޯކްގައި އޭނާ ހުޅުވާ ރެސްޓޯރެންޓްގައި ކައްކާނީ ކުޅަދާނަ ކައްކާއެއް ކަމަށްވާ ހަރިޔާނަކް ކަމަށެވެ. އޭނާ ބުނީ އެއީ މީރުކޮށް ކައްކާ އިންޑިއާގެ ރަހަތައް ގެނެސްދޭނެ ކުޅަދާނަ ކައްކާއެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޕްރިޔަންކާ މިހާރު ހޮލީވުޑްގެ ދެ ފިލްމެއްގެ މަސައްކަތް އެބަ ކުރެއެވެ. މި ދެ ފިލްމު މިއަހަރުގެ ތެރޭގައި ރިލީޒް ކުރާނެއެވެ. ފުރަތަމަ ފިލްމަކީ މެޓްރިކްސް 4 އެވެ. މި ފިލްމުގައި ޕްރިޔަންކާ އާއެކު ފެންނާނީ ކީނު ރީވްސްއެވެ. ޕްރިޔަންކާ އުޅޭ ދެ ވަނަ ފިލްމަކީ ޓެކްސްޓް ފޯ ޔޫ ނަމަކަށް ކިޔާ ފިލްމެކެވެ.