އެމެރިކާގެ ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ 25 އަހަރުވި ފަހުން އެންމެ ފަހުން ވަރަށް ތަފާތު ކަމެއްގެ ސަބަބުން ކައިވެނި ރޫޅިއްޖެއެވެ.

މައިކް ނަމަކަށް ކިޔާ 53 އަހަރުގެ ފިރިހެނަކާއި އޭނާގެ 49 އަހަރުގެ އަނބިމީހާ ލިޒްގެ ކައިވެނި ރޫޅުނީ އަނބިމީހާ މާބޮޑަށް ކުއްތާ ދެކެ ލޯބިވާތީއެވެ.

ކުއްތާ ދެކެ ލޯބިވާ ކަމަށް ލިޒް ވެސް އެއްބަސް ވެއެވެ. ބަލާނެ މީހަކު ނެތް 30 ކުއްތާއެއް ލިޒް މިހާރު ވެސް ގެއަށް ގެނެސްގެން ގެންގުޅެއެވެ. އެއީ މައިކް އެއްވެސް ވަރަކަށް ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. އެހެންކަމުން މައިކް ލިޒް އަށް ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ ކުއްތާތައް ނުވަތަ މައިކް ހިޔާރު ކުރާށެވެ. ލިޒް ހިޔާރު ކުރީ ކުއްތާތައް ބެލެހެއްޓުމެވެ.

ލިޒް ބުނީ އޭނާ ދިރިއުޅެނީ އުފަލާއި ހިތްހަމަޖެހުން ހޯދަން ކަމަށާއި ކުއްތާތަކުގެ ސަބަބުން އޭނާ އަށް އުފަލާއި ހިތްހަމަޖެހުން ލިބޭ ކަމަށެވެ. ފިރިމީހާ ގޯސްކޮށް ކުރާ ކަންތައްތަކުގެ ވާހަކަ ދައްކަން ބޭނުން ނޫން ކަމަށާއި ނަމަވެސް ފިރިމީހާގެ ފަރާތުން ނުލިބޭ އުފަލާއި ހިތްހަމަޖެހުން ކުއްތާތައް ހޯދައިދޭ ކަމަށް ލިޒް ބުންޏެވެ.

ލިޒް ކުއްތާތައް ހިޔާރުކުރުމާއި އެކު ދެމަފިރިންގެ ޒަމާންވީ ކައިވެނި މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު