އެޕްރިކަން އަރެބް ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތޭހީގެ ދިލްބަރް ލަވަޔަށް ޔޫޓިއުބް އިން އެއްބިލިއަން ވިޔުސް ލިބިއްޖެ އެވެ.

ނޯރާގެ ނެށުންތަކުން އޭނާއަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު އެންމެ ގިނަ މީހުން ގަޔާވާ ނެށުމެއް ފެނިގެން ގޮސްފައިވާ ލަވަ އަކީ ނޯރާގެ ދިލްބަރް ލަވައެވެ. ޔޫޓިއުބް އިން އެއްބިލިއަން ވިޔުސް ލިބުނު ފުރަތަމަ އެފްރިކަން އަރަބް އަންހެނަކަށް ނޯރާ ވެގެންދިޔައިރު އޭނާ ވަނީ އެކަން ފާހަގަކޮށް ފޮޓޯތަށް މީސްމީޑިޔާގައި ހިއްސާ ކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Nora Fatehi (@norafatehi)

ނޯރާ އޭނާގެ އިންސްޓަގްރާމުގައި ކޭކަކާއެކު ހިއްސާކޮށްފައިވާ ޕޯސްޓުގައި އޭނާ ވަނީ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. ފޭނުންގެ ސަޕޯޓު ނެތް ނަމަ މި ޝަރަފު އޭނާ އަށް ނުލިބޭނެކަމަށް ނޯރާ ވަނީ ބުނެފަ އެވެ.

ނޯރާގެ ފަތޭހީގެ ދިލްބަރް ލަވަޔަށް ގިނަ އެވޯޑުތައްވެސް ލިބިފައިވާއިރު ލަވަ ރިލީސް ކުރި ދުވަހު 24 ގަޑިއިރުގެ ތެރޭގައި އެ ލަވަޔަށް ވަނީ 21 މިލިއަން ވިޔުސް ލިބިފަ އެވެ. އަދި މިއީ އިންޑިއަން ލަވައަކަށް މިވަރަށް ވިޔުސް ލިބުނު ފުރަތަމަ ލަވަ އެވެ.

ދިލްބަރްގެ އިތުރުން ނޯރާ ވަނީ މަޝްހޫރުވެގެންދިޔަ އެތައް ލަވައަކަށް ނަށާފައި އެވެ. އޭގެ ތެރޭގައި ބަތްލާ ހައުސް އޯ ސާކީ ސާކީ، ގުރޫ ރަންދަވާސް ނާޗް މެރީ ރާނީ، ސްޓްރީޓް ޑާންސާ ތްރީޑީސް ގަރްމީ ފަދަ ލަވަތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްމާއިލް ފަތުހީ

    ތިއީ އެފްރިކާ އަރަބި މުސްލިމުންނަށް ހުތުރު އަރުވާ އަރަބީން ކަރާމާތައް ހުތުރު އަރުވާ އަންހެނެއް. ނޫރާ ފަތުހީ ގެ ނަންވެސް އިނގިރޭސި ކޮށްލާފަ ތިއޮތީ ނޯރާ ފަތެހީ އަށް ބަދަލުކޮށްފައި. ނޯރާ އާޚިރަތް ދުވަހައް ބިރުގަނޭ. އަވަހަށް ވަގުތު ފާއިތު ނުވަނީސް ތައުބާވެ ތި ކާފަރު ނެށުންތައް ވަގުތުން ހުއްޓާލާ. ﷲ ގެ ކޯފާ އަށް ބިރުވެތިވޭ.

    12
    3
  2. ސޭންޑީ

    އަހަރުމެންގެ ފަރާތުން މަރުހަބާ 👏