ތިން ފަންގިފިލާއަށް ހަދާފައިވާ ގެއެކެވެ. އެމެރިކާގެ ބޮސްޓަންގައި ހުންނަ މި ގެއަކީ މާބޮޑަށް ކަންކަން ސިއްރުވާ ޒާތުގެ ގެއެއް ނޫނެވެ. ކަންކަން ކުރަން ޖެހެނީ ފާޅުގައެވެ. ހާއްސަކޮށް މި ގޭގެ އެއް ފާހަނައަކީ ދޮރެއް ނެތް ފާހަނައެކެވެ. އެހެންކަމުން އެ ފާހާނަ ބޭނުން ކުރާ ފަރާތްތަކަށް އެއްވެސް ކަހަލަ ޕްރައިވެސީއެއް ނުލިބޭނެއެވެ.

މިގެ މިހާރު ވިއްކަން ޖަހާފައިވާއިރު، އަގު 9،00،000 ޑޮލަރަށް އަރައެވެ.

ބޭރުން މި ގެއަކީ ވަރަށް އާދައިގެ ގެއެކޭ ހިތައް އަރާފާނެއެވެ. މިއީ ކުޑަކުޑަ އާއިލާއެއް ދިރިއުޅެން އެންމެ ރަނގަޅު ގެއެކެވޭސް ބައެއް މީހުން ބުނެފާނެއެވެ. އެހެން ނަމަވެސް މިގޭގެ އެތެރޭގެ ތަފްސީލް އެނގޭނަމަ ހައިރާންވާނެ އެވެ.

 

View this post on Instagram

 

A post shared by Zillow Gone Wild (@zillowgonewild)

މި ގެއަކީ ހަތަރު ކޮޓަރީގެ ގެއެެވެ. ގޭގައި ހަތަރު ފާހަނަ ހުރެއެވެ. އަދި އެތައް ބެލްކަނީއެއް ހުރެއެވެ. އަދި ޕާކް ކުރުމަށް ހާއްސަ ޒޯނެއްވެސް ހުރެއެވެ. އެހެން ނަމަވެސް މި ގޭގެ އެއް ފާހަނާގައި އެންމެ މުހިންމު އެއްޗެހި މަދުވެއެވެ. އޭގެ ތެރޭގައި ފާރާއި، ދޮރުތައް ހިމެނެއެވެ.

ތި ކިޔުނީ ހަމަ ރަނގަޅަށެވެ. އެގޭގެ އެއް ފާހަނައިގައި އެއްވެސް ކަހަލަ ޕްރައިވެސީއެއް ނެތެވެ. އެ ފާހަނާގައި ސިމެންތި ޖެހުމުގެ ބަދަލުގައި ހުރީ ބިއްލޫރި ޖަހާފައެެވެ. އެ ފާހަނަ ހުރީ އެންމެންނަށްވެސް ފެންނާނެ ހެންނެވެ.

މިފަދަ ގެއެއް ގަންނަން ބޭނުން ހެއްޔެވެ؟. މި ގެ ވިއްކުމަށް ޖަހާފައި ވަނީ ސޭލް އެޖެންޓް ސައިޓް ޒިލޯގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިސް

    އެ ފާޚާނާގަ ހުރި ބިއްލޫރި ފާރުގަ ސްޓިކަރ ތަތްކޮށްލީމަ އެވީނު. މިހާރު މާ ހާސްވާންޖެހޭތަ ތިކަހަލަ ކަންކަމުގަ. ގަނެފަ ބޭނުން ބަދަލެއް ގެނެވޭނެ.