ދާދި ފަހުން ހަދާފައިވާ ދިރާސާ އަކުން ދުނިޔޭގައި އުޅޭ ދެބައިކުޅަ އެއްބައި އަންހެނުން އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ނުވަތަ ފިރިމީހާ އާއި މައްސަލަ އެއް ޖެހި، ދުރުވާން ޖެހިއްޖެނަމަ ދެން ގުޅޭނެ މީހެއް ނިންމާފައި ބާއްވާކަން ހާމަވެއްޖެއެވެ.

މި ދިރާސާގައި ވާގޮތުން ރައްޓެހިން ވެގެން އުޅޭ މީހުންވެސް މިގޮތަށް ކަންތައް ކުރި ނަމަވެސް، ގިނައިން މިހެން ކަންތައް ކުރަނީ ކައިވެނި ކޮށްގެން އުޅޭ އަންހެނުންނެވެ. އަދި އެމީހުން ގުޅޭނެ ބައިވެރަކީ އަކީ ކޮން ކަހަލަ މީހެއްކަންވެސް މި ދިރާސާ އިން ވަނީ ދެނެގަންފައެވެ.

މީގެ ތެރެއިން ގިނަ މީހުންގެ "ބެކްއަޕް" ލޯބިވެރިޔާ ވާނީ އުޅޭމ ނުވަތަ މަސައްކަތް ކުރާ ރަހުމަތްތެރިއެއް ނުވަތަ ދެމީހުންގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާ ކުރާ މީހަކަށެވެ. އެއީ އަބަދުވެސް ދެ ލޯބިވެރިޔަކު މައްސަލަ ޖެހޭ ވަގުތު އެފަދަ ދަނޑިވަޅެއްގެ ފައިދާ ނަގަން ކޮންމެވެސް މީހަކު ހުންނާނެތީއެވެ.

މި ބަޔާން ކުރި މީހުންގެ އިތުރުން އަންހެނުން ބެކްއަޕް ލޯބިވެރިޔަކަށް ނެގުން ދެން އެންމެ ގާތީ އެ އަންހެނަކަށް ލޯބި ހުށަހަޅާފައިވާ މީހެކެވެ. އެއީ ދެ ލޯބިވެރިންގެ ދޭތެރޭ މައްސަލަ ޖެހޭ ވަގުތު ބައެއް އަންހެނުންނަށް ގުޅުން ނިންމައިލުމާއި މެދު ވިސްނި، އެހެން ފިރިހެނުންނާއި މެދު ވިސްނެން ފެށޭތީއެވެ. އަދި ލޯބިވެރިޔާ އާއި މައްސަލަ ޖެހިފައި ހުންނަކަމުން އެވަގުތު އަންހެނުންނަށް ހީވާނީ އެތަނުން ކޮންމެވެސް މީހަކުވެސް އޭނާގެ ލޯބިވެރިޔާ އަށް ވުރެން މާބޮޑަށް ރަނގަޅު ވާނެ ކަމަށް ކަން ދިރާސާގައި ބަޔާންކޮށްފައި ވެއެވެ.

ދެން މި ބުނެލަނީ ހުރިހާ ފިރިހެނުންވެސް ސަމާލުވާންވީ ކަމެއްގެ ވާހަކައެވެ. އެ ދިރާސާގައި ވާގޮތުން އަންހެން މީހާ ސިކުނޑީގައި އިންނަ ބެކްއަޕް ލޯބިވެރިޔާ އަށް އޭރު ރައްޓެހިވެގެން އުޅޭ މީހާ އާއި އެއްވަރަށް ނުވަތަ އެއަށް ވުރެން ބޮޑަށްވެސް ގަޔާ ވާކަމަށް ދިރާސާގައި ބައިވެރިވި 1000ށް ވުރެ ގިނަ އަންހެނުން ވަނީ ބުނެފައެވެ. އަދި އެމީހަކީ ގިނަ ފަހަރަށް ފިރިހެން މީހާ ދަންނަ މީހެއްވެސް މެއެވެ. އެހެންކަމުން މިއީ ފިރިހެނުން ވަރަށް ވިސްނަން ޖެހޭ ކަމެކެވެ.

އަންހެނަކު ނަމަވެސް، އަދި ފިރިހެނަކު ނަމަވެސް، އެހެން މީހަކު ދެކެ ލޯބިވެރިޔާ އަށް ވުރެން ބޮޑަށް ގަޔާވެ، ޝައުގުވެރިވާނަމަ ގުޅުން ކުރިއަށް ގެންދިއުމަކީ ނާދިރު ކަމަކަށް ވާނެއެވެ. އެހައި ހިސާބުން ރަނގަޅު ވާނީ ރީތި ގޮތުގައި ތެދުވެރިކަމާއި އެކު އަސްލު އިހްސާސްތައް ބަޔާން ކުރުމެވެ.

އިންޑިއާގައި މި ދިރާސާ ހެދި ފަރާތްތަކުންވެސް ވަނީ ފިރިހެނުންނަށް ނަސޭހަތެއް ދީފައެވެ. އެމީހުން ބުނެފައި ވަނީ ލޯބިވެރިޔާގެ ނުވަތަ ތިމާގެ ރައްޓެއްސެއް ކުއްލިއަކަށް މާބޮޑަށް ކައިރިވެ، ރަހުމަތްްތެރިކަން ޝައްކު އުފެދޭ ގޮތަކަށް ބިނާ ކުރަން އުޅޭނަމަ އެއީ ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އެއީ ގިނަ ފަހަރަށް އެފަދަ މީހުންގެ ހިތުގައި ރަހުމަތްތެރިކަމަށް ވުރެން ބޮޑަށް އެހެން މަގުސަދެއް ހާސިލް ކުރުމުގެ ނިޔަތް އޮންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތީ ބޮޑު ދޮގެއް ގިނަ އަންހެނުން ބޭނުމީ ހެޔޮލަފާ ދިރިއުޅުން އެކަމަކު ފިރިން އިޚްލާސްތެރިކަން ނެތުމުން އެހެން ގޮތެއް ފެނޭތޯ ހިތްވަރު ކުރަނީ އަހަރެން ދަންނަ ގިނަ ފިރިހެނުންގެ ވަގު ބިޓުން ބެކަޕްގަ ތިބޭ އަދި ބުނެފާނަން އެހެން ވާހަކައެއް މަގޭ ފިރިބެ މާ ތެދުވެރި މީހަކަށް ވެގެން އުޅޭތީ ވަކަރު ޖަހާލުމަށް މަވެސް ފޭކް އެކައުންޓަކުން މަގޭ ފިރިބެއާ ވަރަށް ލޯބިން މާ ފޮޅުވަން ފެށިން ބޭނުމަކީ ޓެސްޓް ކޮށްލުން ކަލޯގަޔާ އެސޮރު ހުރީ ގަހުގަ

    36
    8
  2. ޙިކްމަތް

    އެއީ ސަމާލުވާން ޖެހޭ ކަމެއްތަ؟ ތި ބުނީ ބެކަޕް އޭ ދޯ. ބެކަޕް އަކަށް ނުދާނެ ގޮތެއް ނެތިއްޔާ ނޫނީ. އެހެން ވީމަ ކޮން ސަމާލެއް. އަނބިމީހާ އަށް ދޭންޖެހޭ އެންމެހައި ކަމެއް ކޮށްދިނީމަ އެ ވީ އެއްނު.

    5
    1
    • މަރީ

      ބަރާބަރު. ބެކަޕަށް ދާން ޖެހޭ ގޮތް ފިރިމީހާ ނެހެދީމަ ވީނު

      1
      1
  3. XD

    އަނެއް ފަންސާސް ޕަސެންޓަކީ ފިރިހެނުން.

  4. ޢުހުން

    ފިރިހެނުން މާ މަތީގަ އުޅެނީ. އަންބިން ތިބޭ ފިރިހެނުން އިންދެފަ ދުވަސްކޮޅެއް ނުވަނިސް ހަތަރު އަންބިން ހުއްދައޭ ކިޔާފަ ވާހަކަ ދައްކަން ފަށްޓާ މީހާ ވާހަކަ ނިމެނީ ތިން އަންބިން ހަމަ ކޮށްފަ. އެކަކުން ނުފުދޭ.

    13
    1
  5. 😀

    ގެންގުޅޭ ސޮރު ކަނުނުދާން ފަށައި ފިއްޔާ އަނެއް އެތި ހޯދާފަ ރެޑީގަ ބަހައްޓަންވާނީ

  6. ށަލި

    އިންޑިޔާގެ ދިރާސާއެެއްތަ. އެވާހަކަ ކުރިން ލިޔެލިނަމަ ނުވެސް ކީމުސް.

    3
    1