38 އަށް ވުރެ ގިނަ ފޯނު ވަގަށް ނަގާފައިވާ ދެ ޒުވާން އަންހެން ކުދިން ހައްޔަރުކޮށްފިއެވެ. މި ކުދިން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

އިންޑިޔާގެ ރެއިލްވޭ ސްޓޭޝަނުންނާއި ރޭލުތަކުން މި ކުދިން ފޯނު ވަގަށް ނަގާފައިވާއިރު، މި ދެކުދިން އެކަން ކުރަމުންދަނީ ގުޅިގެންނެވެ. ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިކަމުގެ މަޤުޞަދަކީ، އެދެކުދިންވެސް ލޯބިވެގެން އުޅޭ މީހަކު ހާސިލުކުރުމެވެ.

އެޤައުމުގެ ރޭލާ ގުޅޭ ކުށްތައް ބަލާ ފުލުހުންގެ އިދާރާއިން ބުނެފައިވާ ގޮތުގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފެށީ، އެއް ހިސާބަކުން، ދަތުރުކުރާ ރޭލުތައް ގެއްލޭކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ފަރާތްތަކުން ކުރަމުން ދިޔުމާ ގުޅިގެން އެކަންކަން ބެލުމަށްކަމަށެވެ.

އެގޮތުން، ކުރި ތަޙުޤީޤުން މިކަން ކުރަމުންދަނީ ކޮލެޖެއްގެ ތައުލީމު ހާސިލުކުރަމުންދާ މި ދެކުދިންގެ އެނގުނުކަމަށްވެސް ބުނެފައިވެއެވެ. އަދި، މި ކުދިން އަތުލައިގަތީ ރޭލު ތެރެއިންކަމަށްވެސް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ ކުދިން އަތުލައިގަތީ ކުލަ ހެދުމުގައި ތިބި އަންހެން ފުލުހުން، ރޭލު ތެރޭގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި މި ކުދިން ފޯނު ވަގަށް ނަގައިގެން ގެންދިޔުމަށްފަހު އެހެން މީހުންނަށް ވިއްކަނީއެވެ. އަދި، ލިބޭ ފައިސާ ބޭނުންކުރަނީ ލޯބިވެގެން އުޅޭ ސިންގު ނަމަކަށް ކިޔާ މީހަކަށް ޚަރަދުކޮށް، އޭނާގެ ލޯބި ހާސިލުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު