އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން މީޑިއާގައި އެންމެ ބޮޑު ސަމާލު ކަމެއް ލިބިފައި ވަނީ ޕްރިންސް ހެރީ އާއި މޭގަންއަށެވެ. ޔޫއެސް ޓީވީ ހޯސްޓް ޖޭމްސް ކޯޑެން އާއެކު އޮޕެރާ އިންޓައިވުގައި މޭގަން އާއި ހެރީ ދެއްކެވި ވާހަކަތަކުގެ ތެރެއިން މޭގަން އާއި ހެރީ ފުރަތަމަ ބައްދަލުވި ގޮތް ވެސް ވަނީ ކިޔައި ދީފައެވެ.

ހެރީ ވިދާޅުވީ މޭގަންއާ ބައްދަލު ކުރި ދުވަސްކޮޅު ގިނަ ވަގުތުތަކުގައި ދެމީހުން ވެސް ވާހަކަ ދެއްކުމުގައި ހޭދަކުރި ކަމަށެވެ. ހެރީ 36، ބުނި ގޮތުގައި މޭގަން އާ ބައްދަލުވެ ވާހަކަ ދެއްކުމުން ކަންކަން ސީރިއަސް ވާނެ ކަން ދެނެގަނެވުނު ކަމަށެވެ.

ފްރިންސް ހެރީ އާއި މޭގަން މީޑިޔާ އަށް ސިއްރުން ރާޑަރަށް ނާރައި ޑޭޓް ކުރި ގޮތަކީ އެތައް ބަޔަކު އެނގެން ބޭނުންވެފައިވާ ވާހަކަ އަކަށް ވި އިރު ހެރީ ބުނީ އޭނާ އާއި މޭގަން ބައްދަލު ކޮށްދިނީ ދެމީހުންގެ ވެސް ރައްޓެއްސެއް ކަމަށެވެ.

އެކީގައި ގިނަ ވަގުތުތައް ހޭދަކޮށް އެއްދުވަހަކު ކުކުޅު ފިހެން ތިބެފައި ހެރީ މޭގަން އަށް ޕްރޮޕޯޒް ކުރީ ކަމަށް މޭގަން ވަނީ ކުރީގެ އިންޓަވިއު އެއްގައި ބުނެފައެވެ. އެއީ 2017 ވަނަ އަހަރު އެމީހުންގެ އެންގޭޖްމެންޓް އިއުލާން ކުރި ދުވަސްކޮޅުގައެވެ.

މޭގަން އާއި ހެރީ ފުރަތަމަ ޑޭޓް އަކަށް ދިޔައީ 2016 ވަނަ އަހަރުގެ ޖުލައި މަހު ލަންޑަނުގެ ޑީން ސްޓްރީޓްގައި ހުންނަ ސޯހޯ ހައުސް އަށެވެ.

ފުރަތަމަ ބައްދަލުވުމަށްފަހު ހަފްތާތަކެއް ފަހުން މޭގަން އާއި ހެރީ ވަނީ ބޮސްވާނާ އަށް އެކީގައި ދަތުރަކު ގޮސްފައެވެ. އެ ދަތުރު ވެގެންދިޔައީ މޭގަން އާއި ހެރީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔަ ކަމުގެ ސިއްރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޯރި

    ހެހެ، މުޅި ރާއްޖެއާ މުޅިދުނިޔޭގައި އަތްފުނާއަޅައިގެން ހައެއްކަ ހަބަރު ނޫސްވެރިންނަށް ހޯދެނީ، ހޯދާފަ ބަލާއިރު އޭގެތެރޭން ދެހަބަރަކީ މިދެމީހުނާބެހޭ ޕުރޮޕެގެންޑާ.

    5
    3