ކޮރެއާއަށް ނިސްބަތްވާ އަންހެނެއް ގެއްލުނުތާ 6 ދުވަސްފަހު ޖަންގަލީގައި އޮއްވާ ފެނިއްޖެއެވެ.

ޖޯހީ ހޭން ނަމަކަށް ކިޔާ 25 އަހަރުގެ މި އަންހެންމީހާ އެންމެ ފަހުން ފެނިފައި ވަނީ ޓްލީ ޓައުންގެ ޓްރޮޕިކަލް ކްއީންސްލޭންޑް ސްޕާމާރްކޭޓް ކައިރިން މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އޭނާގެ ރަހުމެއްތެރިއެއް ބުނެފައި ވެއެވެ. އަދި އެ ރަހުމެއްތެރިއަށް ގުޅާ ހުކުރު ދުވަހުގެ ހެނދުނު މައުންޓް ޓައިސަން ކައިރީގައި އިންނަ ޕާކަށް ހިނގާލަންދާނެ ކަމަށް ބުނެފައި ވެއެވެ.

އޭނާ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ ހަބަރެއް ނުވެގެން، ގެއްލުނުތާ 5 ދުވަސްފަހުން ނެވެ.

އޮސްޓްރޭލިޔާގެ ޖަންގަލީ ތެރޭ އޭނާ އެހީއަށް އެދި ގޮވާ އަޑު އެހިސާބުގެ ބައެއް މީހުންނަށް ވަނީ އިވިފައި އެވެ. އެހެންކަމުން އެ ހިސާބަށް ފުލުހުން ދިޔައިރު އަންހެންމީހާ ފެނަށްޖެހި މަރާ ހަނގުރާމަ ކުރަނިކޮށް ފެނުނެވެ. އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ދިރިހުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި 6 ދުވަހަށް ސަލާމަތްވެފައިވާ މައިގަނޑު ސަބަބަކީ އޭނާ ލައިގެން ހުރީ އަތްދިގު ހެދުމަކާއި ހަރުވާޅަކަށް ވެފައި އޭނާގެ އަތުގައި ވިއްސާރަ ކޯޓެއް އޮތުމުން، ފިނިން ސަލާމަތް ވުމުން ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު