ބޮލީވުޑްގެ ފިލްމީ ތަރި ކަރީނާ ކަޕޫޓް ހާން އޭނާގެ ދެ ވަނަ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް މީސް މީޑިއާގައި ހިއްސާކޮށްފިއެވެ.

ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން އަށް ދެ ވަނަ ކުއްޖަކު ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ އަންހެނުންގެ ދުވަހާ ދިމާކޮށް ކަރީނާ އޭނާގެ ދަރިފުޅުގެ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ އެ ފޮޓޯ އަށް ކޮމެންޓު ކުރަމުންނެވެ.

ދެ ވަނަ ދަރިފުޅަށް ކިޔާނެ ނަމެއް އަދިވެސް އެމީހުން ހާމައެއް ނުކުރެއެވެ. ކަރީނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއަށް ކަރިޝްމާ ކަޕޫރް އާއި އަމްރިތާ އަރޯރާގެ އިތުރުން އެހެން ތަރީންވެސް އަންނަނީ ރިއޭކްޓު ކުރަމުންނެވެ.

ސައިފް އާއި ކަރީނާގެ ދޮށީ ދަރިފުޅު، ތައިމުރް އަށް ހަތަރު އަހަރު ވެފައިވާއިރު ދެވަނަ ދަރިއަކު ލިބޭކަން މި ދެ ތަރީން ހާމަކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ.

ކަރީނާ އާއި ސައިފްއަކީ މީސްމީޑިއާ އާ ވަރަށް ރައްޓެހި ދެ ތަރީންނަށްވާ އިރު އަބަދުވެސް ދެ ތަރީން ވެސް އެކި ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރެއެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެ ވަނަ ދަރިފުޅުގެ ގިނަ ފޮޓޯތަކެއްވެސް މީސްމީޑިއާއިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޯބޯޖަލީލު

    ކަލޭމެން ދަރިން ނުވިހަ ބަނޑުގަ ބާއްވަބަލަ އޭރުން އެކުއްޖާ މީހަކަށް ނުފެއްނާނެ

    5
    1