ދާރުލްއާސާރުތަކުގައި އާއި އަމިއްލަ ފަރާތްތަކުގެ ކަލެކްޝަންގައިވާ ކޮންމެ ކުރެހުމަކީ ވެސް ވަރަށް އަގު ބޮޑު ކުރެހުންތަކެކެވެ. ވަކީން ހާއްސަކޮށް ދުވަސްވީ ކުރެހުންތަކަކީ ފާހަގަކޮށްލަން ޖެހޭ ކުރެހުންތަކެވެ.

މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކުރެހުންތަކުގެ ތެރެއިން ހަތް ކުރެހުމެއް

ސެލްވަޓޮ މުންޑި

މީގެ 1500 އަހަރު ކުރިން ލިއެނާޑޯ ޑާ ވިންސީ ކުރަހާފައިވާ މި ކުރެހުމަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުރެހުމެވެ. މީގެ ތިން އަހަރު ކުރިން 2017 ވަނަ އަހަރު ނޮވެމްބަރު 15 ވަނަ ދުވަހު ނީލަމުގައި މި ކުރެހުން ވިކުނީ 450 މިލިއަން ޑޮލަރަށެވެ.

އިންޓަޗޭންޖު

1955 ވަނަ އަހަރު ވިލެމް ދި ކޫނިން ކުރަހާފައިވާ މި ފޮޓޯ 2015 ވަނަ އަހަރު ވިކުނީ 300 މިލިއަން ޑޮލަރަށެވެ.

ދި ކާޑު ޕްލޭޔާސް

1890 ގެ އަހަރެއްގައި ޕައުލް ސިޒޭން ކުރަހާފައިވާ މި ކުރެހުން ގަތަރުގެ ޝާހީ އާއިލާއަކުން ގަތީ 2011 ވަނަ އަހަރު 250 މިލިއަން ޑޮލަރަށެވެ.

ނެފިއާ ފާ އިޕޮއިޕޮ

1892 ވަނަ އަހަރު ޕައުލް ގައުގުން ކުރަހާފައިވާ މި ކުރެހުން ގަތަރުގެ މިއުޒިއަމްއަކުން ގަނެފައިވަނީ 2015 ވަނަ އަހަރު 210 މިލިއަން ޑޮލަރަށެވެ.

ނަންބަރ 17އޭ

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖެކްސަން ޕޮލޮކް ކުރަހާފައިވާ މި ކުރެހުން ކެނެތު ނަމަކަށް ކިޔާ ބިލިއަނަރަކު ގަނެފައިވަނީ 2016 ވަނަ އަހަރު 200 މިލިއަން ޑޮލަރަށެވެ.

ވައިލެޓް، ގުރީން އެންޑް ރެޑް

މާކް ރޮކްތޯ ކުރަހާފައިވާ މި ކުރެހުން ގަނެފައިވަނީ މިޓްރީ ނަމަކަށް ކިޔާ ވިޔަފާރިވެރިއެއް 2014 ވަނަ އަހަރު 186 މިލިއަން ޑޮލަރަށެވެ.

ޕެންޑެންޓް ޕޯޓްރެއިޓްސް އޮފް މާޓެން ސޫލްމަންސް އެންޑް އޫޕްޖެން ކޮޕިޓް

1634 ވަނަ އަހަރު ރެމްބްރެންޑްޓް ކުރަހާފައިވާ މި ކުރެހުން ގަނެފައިވަނީ ޕެރިސްގެ މިޔުޒިއަމަކުން 180 މިލިއަން ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާކު

    ހެހެހެ ލިއެނާޑޯ ޑާ ވިންސީ އުފަންވެފައި ވަނީ 1452 ގައި.. ކިހިނެއް ތޯ 1500 އަހަރު ކުރިން އުފަން ނުވަނިސް މި އެންމެ އަގުބޮޑު ކުރެހުން ކުރެހީ...