މަދުން ނޫނީ ނުފެންނަ އަސްދޫނީގެ ވައްތަރެއް ކަމުގައިވާ މެންޑަރިން ބާވަތުގެ އަސްދޫންޏެއް އިންޑިޔާގެ އަރުނާޗަލް ޕްރަދޭޝްގެ ޑިރަންގް ވެލީ އިން ފެނިއްޖެއެވެ.

އީސްޓް ޕަލެއާކްޓިކްއިން ފެންނަ މެންޑަރިން އަސްދޫނީގެ އެންމެ ބޮޑަށް ވައްތަރީ އުތުރު އެމެރިކާގެ ''ވުޑް ޑަކް'' އާއިއެވެ. މި ބާވަތުގެ އަސްދޫނި ޗައިނާ، ޖަޕާން، ކޮރެޔާ އަދި ރަޝިޔާގެ ވެސް ބައެއް ހިސާބު ތަކުން ފެންނާނެއެވެ.

މިދިޔަ ފެބްރުވަރީ މަހު އައްސާމުގެ ޓިންސުކިޔާ ޑިސްޓްރިކްޓްގެ ދިބުރޫ ސައިޚޮވާ ނެޝަނަލް ޕާކުން މި ވައްތަރުގެ އަސްދޫންޏެއް ފެނިފައިވެއެވެ. މި އަސްދޫނ އެންމެ ފުރަތަމަ ފެނިފައިވަނީ މަގުރިބީލުގެ ދޫނީގެ ކަންތައްތައް ބަލައި ހޯދައި ފަރާތެއް ކަމުގައިވާ މަދަބް ގޮގޮއި އަށެވެ.

ވިވެކް މެނޮން ނަމަކަށް ކިޔާ މީހާކު ކޮށްފައިވާ ޓްވީޓެއްގައި މި އަސްދޫނީގެ ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ ވައިޓް ވިންގްޑް ޑަކް ސާވޭ ޓީމުގެ އަފްތާބުއާއި މަހޭޝްއަށް މެންޑަރިން އަސްދޫންޏެއް ފެނިފައިވާ ކަމަށާއި އަދި މިއީ ގާތްގަނޑަކަށް 100 އަހަރު ފަހުން ފެނުނު އަސްދޫންޏެއް ކަމަށެވެ.

މި ބާވަތުގެ އަސްދޫންޏެއް އެންމެ ފުރަތަމަ ފެނިފައިވަނީ 1758 ވަނަ އަހަރު ސުވެދިޝްގެ ޒޫލޮޖިސްޓެއް ކަމުގައިވާ ކާރލް ލިނައުސްއަށެވެ.

އިންޑިޔާގެ އައްސާމުން މި ބާވަތުގެ އަސްދޫންޏެއް ފެނުނުތާ އެއް މަސް ފަހުން އަރުނާޗަލް ޕްރަދޭޝްގެ ޑިރަންގް ވެލީ ވެސް ފެނިފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ޓްވީޓް ކޮށްފައިވާ 18 ސިކުންތުގެ ވީޑިއޯއެއްގައި މި އަސްދޫނި ކޯރެއްގައި އިންނަ މަންޒަރު ދައްކައިދެއެވެ.

މިއީ ޔޫރޮޕާއި އެމެރިކާއިން ހިޖުރަކޮށްފައިވާ އަސްދޫނި ތަކެއް ކަމަށް ވެސް އިންޑިޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު