ދުބާއީގެ މިއަހަރު ހުރި އެންމެ އަގު ބޮޑު ގެ ވިއްކާލައިފިއެވެ.

ދުބާއީގައި އެންމެ އަގު ބޮޑު ވިލާގެ ގޮތުގައި މި އަހަރު ހިމެނިފައިވާ މި ވިލާ ވިއްކާލާފައި ވަނީ 111.25 މިލިއަން ދިރުހަމަށެވެ. މިއީ މި އަހަރުގެ މިހާތަނަށް އެ ގައުމުގައި އެންމެ އަގުބޮޑުކޮށް ކުރި ވިޔަފާރިއެވެ.

މި އަހަރުގެ ދުބާއިގައި ވިއްކާލި އެންމެ އަގުބޮޑު ގެ ގަނެފައި ވަނީ މޮނަކޯގެ ސުއިސް އާއިލާ އަކުންނެވެ.

ތިން ބުރިއަށް ނަގާފައިވާ އެ ވިލާ އަޅާފައި ވަނީ 14،000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. އެ ވިލާގައި ފަސް ވީއައިޕީ ކޮޓަރި ހުންނަ އިރު މާސްޓަ ބެޑްރޫމުގައިވެސް 1،300 އަކަފޫޓު ހުރެއެވެ. މި ވިލާ ވިއްކާލުމަށް ޖަހާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑެއް ކަމަށްވާ ލުއިސް ވޮޓަން އަދި ހާމެސްގެ ފަރުނީޗަރާއި ތިން އިންޑޯ އަދި އައުޓްޑޯ ސިނަމާވެސް މި ވިލާގައި ހުރެއެވެ. އަދި އިންފިނިޓީ ގްލާސް ޖަކޫސީ އެއްވެސް ހުރެއެވެ.

ބޮޑު އަގުގައި ވިއްކާލި މި ވިލާފައި އާޓް ގެލެރީއެއްވެސް ހުރެއެވެ.