ޑިންގީއެއްގައި ތިބި ފަތުރުވެރިންތަކެއް، ކަނޑުމަތިން ޕެންގުއިންއެއް ސަލާމަތް ކުރާ ވީޑިއޯއަށް ސަމާލު ކަން ލިބިއްޖެއެވެ.

އެ ޕެންގުއިން ސަލާމަތްކޮށްފައި ވަނީ އޯގާ އައިނެއްގެ ފަރާތުންނެވެ.

ޕެންގުއިން ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އިން ފެނިގެންދަނީ ޕެންގުއިން ޑިންގީއާ ދިމާލަށް ގޮސް، އޭގެ ތެރެއަށް ފުންމާލާ މަންޒަރެވެ. އޭރުގައި އޯކާސްތައް އައީ ޕެންގުއިންގެ ފަހަތުންނެވެ.

ޓްރެވަލް ބްލޮގާ މެޓް ކާސްޓެން 40، އާއި އޭނާގެ އަންހެނުން، 32 އަހަރުގެ އާނާ އައިސްބާގް ޓުއާ އަކަށް އެންޓާޓިކާއަށް ގޮސް އުޅުމުގެ ތެރޭގައި އެތައް ބައިވަރު އޯކާސްތަކެއް އެހިސާބުގައި އުޅެނިކޮށް ފެނިފައިވެއެވެ. މި އޯކާސްތައް ދިޔައީ ޕެންގުއިންގެ ފަހަތުންނެވެ.

މެޓް ބުނެފައިވަނީ އެ މަންޒަރު ފެނުން އިރު ހީވީ ނޭޝަަނަލް ޖިއޯގްރަފިކް އެޕިސޯޑެއް ބެލުނު ހެން ކަމަށެވެ.

ޕެންގުއިން ފުރަތަމަ ފަހަރު ޑިންގީއަށް އަރަން މަސައްކަތް ކުރުމުން އެކަން ކާމިޔާބުވާ ގޮތް ނުވިއެވެ. ނަމަވެސް، ދެ ވަނަ ފަހަރު ޕެންގުއިން ވަނީ ޑިންގީ އަށް ފުންމައިގެން އަރާފައެވެ. ޑިންގީގެ ފަހަތުންވެސް އޯކާސްތައް އައި ކަމަށް މެޓް ފާހަގަ ކުރިއެވެ.

ގިނަ ބަޔަކަށް މެޓް އެނގިފައިވަނީ "އެކްސްޕާޓް ވެގަބޯންޑް" ގެ ނަމުންނެވެ. މީގެ 10 އަހަރު ކުރިން 2010 ވަނަ އަހަރުން ފެށިގެން މެޓް ވަނީ އެކި ގައުމު ތަކަށް ދަތުރު ކުރަން ފަށައިފައެވެ. އެގޮތުން އޭނާ ވަނީ 50 އަށް ވުރެ ގިނަ ތަން ތަނަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު