ޖަޕާނުގެ "ރެޕަންޒިލް" އިސްތަށިގަނޑު ނުކޮށާތާ 15 އަހަރުވީ އިރު، އިސްތަށިގަނޑުގެ ދިގު މިނަކީ ހަ ފޫޓު ތިން އިންޗިއެވެ.

ރެޕަންޒިލް އެންމެނަށް ވެސް އެނގިފައި ވަނީ ފެއަރީ ޓޭލްގައި އުޅޭ އިސްތަށިގަނޑު ވަރަށް ދިގު ކުއްޖެއްގެ ގޮތުންނެވެ. ފެއަރީ ޓޭލްގެ އިތުރުން، ޖަޕާނުގެ އަންހެނެއް އިސްތަށިގަނޑު ނުކޮށާ 15 އަހަރުވެ އިސްތަށިގަނޑު ދިގުވެފައިވުމުން އޭނާ އަށް ކިޔާ އުޅެނީ ރެޕަންޒިލްއެވެ.

ޕްރޮފެޝަނަލް މޮޑެލް އެއްގެ ގޮތަށް މަސައްކަތް ކުރާ ރިން ކަމްބެ އަކީ 35 އަހަރުގެ އަންހެނެކެވެ. ރިން ބުނެފައިވަނީ އެންމެ ފަހުން އޭނާ އިސްތަށިގަނޑު ކޮށާފައިވަނީ އުމުރުން 20 އަހަރުގައި ކަމަށެވެ.

ރިން މޮޑެލް ކޮއްފައިވާ ފޮޓޯއެއް

ރިން ބުނެފައިވަނީ އެއްވެސް އިރެއްގައި އިސްތަށިގަނޑު ދިކޮށްގެން ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. މީގެ 15 އަހަރު ކުރިން އާޓިސްޓްއެއްގެ ގޮތަށް މަސައްކަތް ކުރުމުގެ އުންމީދުގައި އިސްތަށިގަނޑުން ހަލާކުވެފައިވާ ހިސާބު ކޮށައި، އިސްތަށިގަނޑު ރީތިކޮށް ބަލަހައްޓައިގެން ދިގު ކުރަން ފެށީކަމަށް ރިން ބުނެފައިވެއެވެ.

ދުނިޔޭގައި އެކި ކަހަލަ މީހުން އުޅޭ އިރު އޭގެ ތެރޭގައި ރިންގެ އިސްތަށިގަނޑު ދިގުވުމުން ރީތި ވެގެން އުޅޭ މީހުންނާއި ބިރުވެރި އިސްތަށިގަނޑެއްގެ ގޮތުގައި އޭނާގެ އިސްތަށިގަނޑު ސިފަ ކުރާ މީހުންވެސް އުޅޭކަމަށް ބުންޏެވެ. އިސްތަށިގަނޑު ދިގުވުމުގެ ސަބަބުން މީހުންގެ ސަމާލުކަން ލިބިފައިވަނީ ހަމަ އެކަނި ރިން އަކަށް ނޫނެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެންމެ އިސްތަށިގަނޑު ދިގު ޒުވާނެއްގެ ގޮތަށް ނިލާންޝި ޕަޓޭލް ވަނީ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ. ރިކޯޑު ފޮތުން މި ޖާގަ ލިބިފައިވަނީ އިސްތަށިގަނޑުގެ ދިގު މިނުގައި 190 ސެންޓިމީޓަރު ހުރެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޑާ

    އިސްތަށިގަނޑު ނުކޮށާ 15 އަހަރު ވީއިރު ދިގުވީ އެއްމެ 6 ފޫޓް 3 އިންޗި. ތީ ކުރާވަރުކަމެއްހެނެއް ހިޔެއްނުވޭ...

    3
    1