ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެކުދިން މި ޒަމާނުގައި ބައްދަލުކޮށް މީސްމީޑިޔާއިން ވާހަކަ ދައްކާ ލޯބީގެ މާތަށް ފޮޅިވިއެއްކަމަކު، މީގެ ތިރީހަކަށް އަހަރު ކުރިން ކަން އޮތީ މިގޮތަކަށް ނޫނެވެ. މާޒީގެ ތެރެއިން ކާބަފައިންގެ "ލަވް ސްޓޯރީސް" އަށް ބަލާލަމާ ހިނގާށެވެ.
ބައްދަލުކުރުން އެހާ ދަތިކޮށް އޮންނައިރު، ބައްދަލު ނުކޮށް މުޢާމަލާތު ކުރެވޭނެ އެއްވެސް ވަޞީލަތެއް އޭރަކު ނުހުރެއެވެ. ލިޔެކިޔުމުން މެސެޖް ބަދަލުކުރެވެނީވެސް ގުޅިގެން އުޅޭ ދެކުދިންނަކީވެސް ލިޔަންކިޔަން އެނގޭ ބަޔަކަށް ވާނަމައެވެ. އެދުވަސްވަރަކީ، ސިޓީ ބިޓީއާއި އަދި އެފަދަ ތަކެތި ބަދަލު ކުރި ޒަމާނަކަށްވިޔަސް، އެފަދަ ކަންކަން ކުރެވެނީ އޭރުގެ އެންމެ މޮޅަށް ކިޔަވައިގެން ތިބޭ މީހުންނަށެވެ.
ލިޔަންކިޔަން ދަންނަ ދެކުއްޖަކު ގުޅުވޭގޮތް ވެއްޖެނަމަ ފަންވަތް ލިޔެފާ ފޮނުވިދާނެއެވެ. ނޫންނަމަ "މަގޫފަތު ކުދިއަކުރުލިޔެ" ފޮނުވަނީއެވެ. ޢާންމުކޮށް ފޮނުވަނީ ރައިވަރެވެ. ލޯބިވާނަމަ ލޯބިވާވަރާއި އިންނަން ބޭނުންނަމަ އިންނަން ބޭނުން ވާކަން އެންގުމަށްޓަކައެވެ. ދެން އަނެއް ފަރާތުންވެސް ޖަވާބުގައި ގުޅުންހުރި ރައިވަރެއް ފޮނުވަނީއެވެ.
ލިޔަންކިޔަން ނުދަންނަ މީހުން "މެސެޖް" ފޮނުވަނީ ތަކެތިންނާއި ހަރަކާތުންނެވެ. އަންހެންކުއްޖަކު ހިނގާފައި ދަނިކޮށް އޭނާގެ ކުރިމައްޗަށް ފިރިހެންކުއްޖަކު ގައުކޮޅެއް ނުވަތަ މުށިކޮޅެއްފަދަ އެއްޗެއް އެއްލުމަކީ ލޯބިހުށަހެޅުމެވެ. އަންހެންކުއްޖާ އެއެއްޗެއް ނަގައިފިނަމަ މާނައަކީ ލޯބި ގަބޫލުކުރީއެވެ. ދެނެހުރިކަމަށް ނުހަދާ ހިނގައްޖެނަމަ އަދި ވަކިގޮތެއް ނުނިންމަނީއެވެ. އެއެތިކޮޅަށް ފައިންއަރައިފިނަމަ ނުރުހުނީކަމަށް ބަލަންވީއެވެ. އައިކޮޅަށް އަނބުރާލާފައި ހިނގައްޖެނަމަ މާނައަކީ އޭނާ އަކީ އެހެން މަގަކުންދާ ކުއްޖެކެވެ.
އަންހެންކުއްޖެއްގެ ކަނޑިކީގެ ނުވަތަ ލާ ހަރުވާޅަފަދަ އެއްޗެއްގެ އަންނަ ފަށަށް ފޮނުވައިފިނަމަ، އައުމަށް ދައުވަތުދިނީއެވެ. އަންނަފަށާއެކު މޫނުބަލާ ލޯގަނޑެއްގެ މޫނުފެންނަ ފަރާތް ނުސާފުވަފަދަ ގޮތެއް ހަދާފައި ފޮނުވައިފިނަމަ އޭގެ މާނައަކީ އިރުއޮއްސި މޫނު އަނދިރިކަންވީމަ އަންނާށޭއެވެ.
ފިރިހެނުންގެ ބޮލުގައި އަޅާފޮށާއަކީވެސް މެސެޖް ފޮނުވާ "ޓްރާންސްމީޓަރ" އެކެވެ. ފިރިމީހާއާއި މައްސަލަ ޖެހިގެންއުޅޭ އަންހެނަކަށް ދެއްކުމަށް އެހެން ފިރިހެނަކު ބޮލުގައިއޮތް ފޮށާނަގައި ތަޅާލުމަށްފަހު ކިހިއްޔަށް ޖަހައިފިނަމަ އެބުނީ ތިޔަތަނުން ސަލާމަތްވާށެވެ. އަހަރެން މިހުރީ ކަލޭ އުރައިގަން ގެންގުޅޭށެވެ. އެއަންހެންމީހާއަށް ކުއްޖަކު ލިބިފައި ހުރިނަމަ ބޮލުން ނެގިފޮށާ ކިހިއްޔަށްޖެހުމުގެ ބަދަލުގައި ބާއްވާނީ ކޮނޑުމަތީގައެވެ. މާނައަކީ ދަރިފުޅު ބެލުމުގެ ބުރަވެސް ކޮނޑުގައިއަޅަން އަހަރެން މިހުރީ ތައްޔާރަށެވެ.
މިއީ އޭރުގައި ކަންވާގޮތެވެ. މިހާރު ކަން ހިނގާގޮތް ވަރަށްވެސް ތަފާތެވެ.
ކިހާ ޔުނިކް
މީ ޒަމާނެއްގައި ބަޔަކު އުޅުނުގޮތެއް ކަމަށް އަޑުއިވޭ .. އެކަމަކު މީގެ 30 އަހަތު ކުރިޔަކު މިހެން މިކަމެއް ނުހިނގާ ރައްފުށުގަވެސް .. ތި ފަންވަތްލިޔުމާ ރައިވަރު ކިޔުމެއް ނޯވޭ.. އެޔަށްވުރެ ދިވެހި ކުދިން ކަންނެެއް ވެއްޖެ އެހާހިސާބައްއައި އިރުވެސް..
އެ ދުވަސްވަރު އޮންނަނީ ރޭގަންޑު ބައެއް ހޯޅުއަޑިތަކާއި މަންމަންގަނޑަށް ދިއުން.. އަދި އަވަށުތެރޭގައި ހުންނާނެ މިހެން ފުރާވަރު ދެފިންސުގެ ކުސިން އެއްވާގޭގެ.. އެ ގޭގޭގައި ބަޔަށް ކާއެއްޗެހި ހެދުމާއި ތާސްކުޅުމާ މިބާވަތުގެ ކަންތައްތަކެއް ކުރާތަން ފެންނަނީ..
އެތަންތަނުން ރައްޓެހިވަނީ .. އޭގެ ފަހުން ދެން އެކަހެރި ބައްދަލުވުންތައް ފެށެނީ .. ނޭގޭ އުޅޭގޮތަކާއި ގަންނަގަނޑެއް.. މީ މަކުޑައިރު މަގޭ ރަށުން ފެންނަކަންކަން..
މި ލިޔުމުގައި އެ ދައްކަނީ މާ ކުރީގެ ވާހަކައެއް. 30 އަހަރު ކުރިއެއް ނޫން.